ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 May 2023 | 16:06
ހިޔާ ފްލެޓު ކުއްޔަށް ލުއިދިނީ ރިޔާސީ އިންތިޚާބާއި ދިމާކޮށެއް ނޫން: އަކުރަމް

ދައުރުގެ ފަހު އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކުއްޔަށް ސަރުކާރުން ލުއިދިނީ ފަހަރެއްގައި ވެސް ރިޔާސީ އިންތިޚާބު ބޯމަތިވުމުން ނޫން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ. 

ހިޔާ ފްލެޓުގެ ކުށްޔަށް ސަރުކާރުން ގެނައި ބަދަލުތަކާއި ގުޅޭގޮތުން މައުމޫލާތު ދިނުމަށް މިަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަކުރަމް ކަމާލުއްދީން ވިދާޅުވީ ކުލި ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް މަހު ކުލީގެ ގޮތުގައި 5300 ރުފިޔާ ދައްކަން ޖެހޭގޮތަށް ކުއްޔަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

ސަރުކާރުން މި ބަދަލު ގެނެސްފައިވާއިރު، މީގެ ކުރިން ބުނަމުން ގޮސްފައިވަނީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ސަރުކާރުގެ ޚަރަދުގައި ކުރުމަކީ ވެސް މާލީ ބުރައެއް އުފުލަން ޖެހޭނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ސިފަކުރައްވާފަ އެވެ. 

އެހެންކަމުން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ މިހާ ދުވަހު އެ ބަދަލު ނުގެނެސް މަޑުކުރީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކޮށްފަ އެވެ. އަދި މި ސަރުކާރުގެ ފަހު އަހަރުގައި މި ބަދަލު ގެނައުމުން އެއީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ގެނައި ބަދަލެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުތައް ކުރަމުންދާއިރު، ކުއްޔަށް ދައުރުގެ ފަހު އަހަރު ބަދަލު ގެނައި ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރިއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އަކުރަމް ވިދާޅުވީ ހިޔާ ފްލެޓުގެ ކުއްޔަށް ލުއި ގޮތްތަކެއް ހޯދާދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުލި ލުއިކޮށްދީފައިވަނީ ޕްރޮސެސްއެއްގެ ތެރެއިން ކަމަށާއި، އެ މަސައްކަތް އަބަދުވެސް ދިޔައީ ސަރުކާރުން ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަހު އަހަރު ކުލި ލުއިކުރުމަށް ނިންމި ނަމަވެސް އެއީ ރިޔާސީ އިންތިޚާބު ބޯމަތީގައި އޮތުމުން ނިންމި ނިންމުމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"މިހާރު މި ސަރުކާރުން މިކަން މި ކުރީ ކޮންމެހެން އިންތިޚާބަކާއި ދިމާކޮށްފައެއް ނޫން. ވަރަށް ގިނަ މަރުހަލާތައް ހިނގައްޖެ. 3 ފަހަރަށް ކުއްޔަށް ދެމުން ވަނީ ގޮސްފަ. ދެން ފަހުން އަނެއްކާވެސް ޔޫނިއަނުން އަނެއްކާވެސް ރައީސާއި ބައްދަލުކޮށް އިލްތިމާސްކުރީމަ ރައީސް އެކަމަށް ވިސްނަވާފަ ގޮތެއް ނިންމީ، ކުލި ކުޑަކުރީވީ ވެސް ނޫން، އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި އަންނަނީ ކުއްޔަށް ނެތޭ އިތުރު ބަދަލެއް ގެނެވޭކަށް، ހަމަ ކުއްޔަށް ލުޔެއް މި ދިނީ" 

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ހަތް އަހަރު ކުލީގެ ގޮތުގައި މަހަކު 5300 ރުފިޔާ ދައްކަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. 

އެންމެ ފުރަތަމަ 2021 ވަނަ އަހަރު ހިޔާ ފްލެޓްގެ ކުލި ކަނޑައެޅުމުގައި، މަޝްރޫއުގެ ހުރިހާ ހަރަދުތައް ހިމެނުމަށްފަހު ހިސާބު ހެދުމުން، ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަން ޖެހޭނެކަމަށް އަންދާޒާ ކުރެވުނު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް އެ އަދަދަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދަކަށް ވާތީ، ސަރުކާރުން ވަނީ މުޅި ހިޔާ މަޝްރޫއުގެ 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށް ހިޔާގެ ކޮންމެ ފްލެޓެއްގެ ޖުމްލަ ކުލިން 550،000 ސަރުކާރުންދޭ ސަބްސިޑީއެއްގެ ގޮތުގައި ހަމަޖައްސައި ހިޔާގެ ކުލީގެ ގޮތުގައި 7500 ރުފިޔާ ކަނޑައަޅާފައެވެ.

ރައީސް ޔާމިންގެ ސަރުކާރުން ނިންމާފައި އޮތީ ކުލީގެ މުއްދަތު އިތުރުނުކޮށް 5,500 ރުފިޔާ މަހުކުލީގެ ގޮތުގައި ދައްކަން ޖެހޭގޮތަށް ނިންމާފަ އެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާއެކު، އެ ނިންމުމަށް އޭރު ބަދަލު ގެނައީ، އެއީ އެކަން ކުރެވޭނެ އުސޫލު ނޫންކަމަށް ސަރުކާރަށް ގަބޫލު ކުރެވުމާއި އެކުގަ އެވެ. 

ކޮމެންޓް
މިއަދު
ޚއަކުރަމުބުންޏަސް ހިޔަަފުލެޓުގެ ކުލިކުޑަކުރީ ޕަލާސްޓިކު ކޮތަޅުން 2 ރުފިޔާ ނަގާތީއެއްނޫން ހަމަ ރިޔާސީ އިންތިޚަަބުގެ ކެންޕޭނަށް
11 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.