ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދޭންފެށިތާ 70 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޞާލިހް އަދި ހަސަން މުޣުނީ
ހަބަރު
11 May 2023 | 15:19
ރައީސް ޞާލިހަށް ވަގަށް ގޮވައި ސްޓޭޓް މިނިސްޓަރު މުޣުނީ ޓުވީޓް ކުރައްވައިފި

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަގަށް ގޮވައި ޓުވީޓް ކުރައްވައިފި އެވެ. 

ސަރުކާރުގެ ކުންފުނިތަށް ހިންގަވަން ތިބި ފަރާތްތަކުގެ ނަޒާހާތްތެރި ކަމެއް ނެތް ކަމަށާ، އެ ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމަށް ގޮވާލައި މީހަކު ކޮށްފައިވާ ޓުވީޓެއް ރިޓުވީޓް ކުރައްވަމުން މުޣުނީ ކުރައްވާފައިވާ ޓުވީޓްގައި އޭނާ ވަނީ ރައީސް ޞާލިހު އަކީ ހިންނަވަރު ވަގު ކަމަށް ވިދާޅުވެފައެވެ. 

އަދި ސަރުކާރުގެ ކުންފުނިތައް ހިންގެވުމަށް އެމަނިކުފާނު އިސްކުރައްވާފައިވަނީ ހައްތާވެސް ގާބިލިއްޔަތު ކަމެއް އަދި ނަޒާހާތްތެރި ކަމެއް ނެތް ވެރިން ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. 

އަދި މި ކޮރަޕްޓް ސަރުކާރު ނިމެން ދެން އިނީ އެންމެ 4 މަސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް ޞާލިހަށް ވަގަށް ގޮވައި މުޣުނީ ކުރެއްވި މި ޓުވީޓް މިހާރު އޭނާ ވަނީ ޑިލީޓް ކޮށްލާފައެވެ. 

ސަރުކާރަށް ފާޑުވިދާޅުވެ އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވަގަށް ގޮވައި މުޣުނީ ޓުވީޓް ކުރައްވާފައިވާއިރު، އޭނާ ހުންނެވި މަގާމަކީވެސް، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ މަތިން އުފައްދަވާފައިވާ ސިޔާސީ މަގާމެކެވެ. އަދި އެމަގާމަށް އޭނާ އައްޔަނު ކުރައްވާފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. 

ހަސަން މުޣުނީއަކީ ރައީސް ޞާލިހް ސަރުކާރުގެ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ފަހުން އެ މަޤާމުން ވަކި ކުރައްވައި ސްޓޭޓް މިނިސްޓަރ ކަން އޭނާއަށް ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.