ހިޔާ ފްލެޓް -- ފޮޓޯ/ ވޮއިސް
ވިޔަފާރި
11 May 2023 | 14:24
ހަތް އަހަރު ކުލީގެ ގޮތުގައި މަހަކު 5300 ރުފިޔާ ދައްކަންޖެހޭ ގޮތަށް ބަދަލު ގެނެސްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ހަތް އަހަރު ކުލީގެ ގޮތުގައި މަހަކު 5300 ރުފިޔާ ދައްކަންޖެހޭ ގޮތަށް ބަދަލު ގެނެސްފިއެވެ.

އަރބަންކޯއިން ބުނީ، ހިޔާ ފްލެޓްތަކުގެ ލޯނާއި އެހެނިހެން ގޮތްގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައި ވުމާއެކު، އެ ލޯނުތައް އަދާކުރަން ކުލީގެ ގޮތުގައި 7500 ރުފިޔާ ދެއްކުމަކީ ފްލެޓްތައް ލިބިފައިވާ ފަރާތްތައް އުފުލަން ޖެހިފައިވާ މާލީ ބުރައެއް ކަމަށެވެ.

އެންމެ ފުރަތަމަ 2021 ވަނަ އަހަރު ހިޔާ ފްލެޓްގެ ކުލި ކަނޑައެޅުމުގައި، މަޝްރޫއުގެ ހުރިހާ ހަރަދުތައް ހިމެނުމަށްފަހު ހިސާބު ހެދުމުން، ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަން ޖެހޭނެކަމަށް އަންދާޒާ ކުރެވުނު ކަމަށް އަރބަންކޯއިން ބުންޏެވެ.

އެއީ އިމާރާތުގެ ކޮންސްޓްރަކްޝަން ހަރަދާއި ބިމުގެ އަގު، ޕްރޮޖެކްޓް މެނޭޖްމަންޓް، ޚަރަދު ސަޕްލިމެންޓަރީ އަދި އިދާރި ހަރަދުތައް ހިމަނައިގެން ހިސާބު ހެދުމުންނެވެ.

އެހެން ނަމަވެސް އެ އަދަދަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދަކަށް ވާތީ، ސަރުކާރުން ވަނީ މުޅި ހިޔާ މަޝްރޫއުގެ 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށް ހިޔާގެ ކޮންމެ ފްލެޓެއްގެ ޖުމްލަ ކުލިން 550،000 ސަރުކާރުންދޭ ސަބްސިޑީއެއްގެ ގޮތުގައި ހަމަޖައްސައި ހިޔާގެ ކުލީގެ ގޮތުގައި 7500 ރުފިޔާ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުން އުފުލަން ޖެހޭ މާލީ ބުރަތަކާއި ގުޅޭގޮތުން އަރބަންކޯއިން ކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި، ފިނިޝިންގް ނިންމުމަށް ފްލެޓް ލިބުނު ފަރާތްތަކުން އެވަރެޖްކޮށް 130،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އަރބަންކޯއިން ބުންޏެވެ.

އަދި ގިނަ ފަރާތްތަކުން މި ހަރަދު ކޮށްފައިވަނީ ބޭންކު ލޯނު ނަގައިގެން ކަމަށް ވާތީ ބޭންކް ލޯނު އަނބުރާ ދެއްކުމަށް އެ ފަރާތްތަކުން މަހަކު 2200 ރުފިޔާ ދައްކާކަމަށް އަރބަންކޯއިން ބުންޏެވެ.

އެހެންކަމުން ހިޔާ ފުލެޓްތަކުގެ ކުއްޔަށް މިގެނެވުނު ލުއާއިއެކު މީގެ ކުރިން 25 އަހަރުގެ މުއްްދަތަކަށް މަހަކު 7,500ރ ދައްކަމުން އައި އައުން، ކުރިއަށް އޮތް 7 އަހަރުގައި މަހަކު 5,300ރ އަށް ދައްކާ ޖުމުލަ 27 އަހަރަށް ކުލި ދެއްކުން ދަންމާލާ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. މިއާއެކު ކުރިއަށް އޮތް 7 އަހަރުގައި ފުލެޓް ތަކުގެ ކުލިން މަހެއްގެ މައްޗަށް 2,200ރ ލުއި ވަނީ ލިބިފައެވެ. 

މިބަދަލާއިއެކު 7 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީގެ އިތުރުން، މެއިންޓެނެންސްފީއާއެކު، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 6300 ރުފިޔާއެވެ. އަދި އެ 7 އަހަރު ނިނުމަށް ފަހު، ކުލި އަނެއްކާވެސް 7500 ރުފިޔާއަށް ބަދަލުވާނެއެވެ.

ލޯނުގެ މުއްދަތު ދަންމާލައިގެން ނަމަވެސް ކުލި މިހާރަށްވުރެ ކުޑަ ކުރެވޭކަމަށް ވާނަމަ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމީ އެފަދަ ލުއި ފަސޭހައެއް ލިބުން ކަމަށް އެފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ. 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެޅި މި ފުލެޓްތަކަށް އެ ސަރުކާރުން ނަގަން ނިންމީ މަހަކަށް 5,500ރ އެވެ. ނަމަވެސް މި ސަރުކާރުން އެ ކުލި ބޮޑު ކުރުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް ވެގެން ގޮސްފައިވާ ކަމަށް ބުނެ އެތަނުގައި ދިރިއުޅޭ ފަރާތްތަކުން އެތަށް ފަހަރަކު ވަނީ ކުލި ކުޑަ ކުރަން އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.