ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި މޮރިޝަސްގެ ބޮޑުވަޒީރު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2023 | 15:14
އިޓްލޮސްގެ ނިންމުމުގައި ރައީސްގެ ސިޓީގެ ވާހަކަ އޮތަސް، އެއިން ނިންމުމަށް ބަދަލެއް ނާދޭ: ސަރުކާރު

ޗާގޯސްގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ވަކިކުރުމަށް ބޭއްވުނު ޝަރީއަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ވާހަކަ މޮރިޝަންއިން ދެއްކެވި ކަމަށާ، އެ ސިޓީގެ ވާހަކަ އިޓްލޮސްގެ ހުކުމުގައިވެސް ބަޔާން ކޮށްފައިވާ ކަމަށާ، އެހެންނަމަވެސް، އެ ސިޓީ އާއި އެ ހުކުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ. 

އިޓްލޮސް މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސިއާއި ޚިލާފަށްކަމަށް ޤަބޫލުކުރާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީން ވެސް ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުން ވަނީ ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމާއި ގުޅުމެއް ވާކަން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ރައީސް ޞާލިހުގެ ސިޓީފުޅުގެ ވާހަކަ ދައްކަވާއިރުވެސް އެ ސިޓީފުޅާއި އިޓްލޮސްގެ ހުކުމާއި ދެމެދު ހުރި ގުޅުން ކިޔައިދެވިފައި ނުވާ ކަމަށެވެ. އަދި އެފައިން ވިދާޅުނުވެވެނީ ގުޅުމެއް ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެ ސިޓީފުޅެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވުނީ އދ.ގެ އާއްމު މަޖިލީހުގައި އައިސީޖޭގެ ނިންމުމަކާއި ގުޅިގެން ނަގާ ވޯޓަކާއި ގުޅިގެން ކަމަށެވެ. 

އެގޮތުން 22 އޮގަސްޓް 2022 ވަނަ ދުވަހު ސިޓީފުޅެއް ފޮނުއްވާފައި ވަނީ. އެސިޓީފުޅާއި ގުޅޭގޮތުން އިޓްލޮސްގައި މޮރިޝަސްގެ ފަރާތުން އެ ބޭފުޅުން ކުޑަކޮށް މެންޝަން ކުރެއްވި. އަދި އޭގެ ފަހުގައި ޖަޖްމަންޓްތެރޭގައިވެސް ކޮންމެވެސް ވަރަކަށް އޭގެ ވާހަކަ އެބައޮތް. އެހެން ނަމަވެސް އެއާއި ގުޅޭ ގޮތުން އައި ޖަޖްމަންޓެއް ނޫންކަން އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. 22 އޮގަސްޓުގައި އެ ސިޓީފުޅު ފޮނުއްވިއިރު އަޅުގަނޑުމެންގެ ފަރާތުންވެސް މޮރިޝަސްގެ ފަރާތުންވެސް ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް އޮތީ ހުށަހަޅައި ނިމިފައި. 

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 

މިއުވާން ވިދާޅުވީ، ޗާގޯސްގެ މައްސަލައިގެ ވާހަކަ ދައްކަވާ ގާނޫނީ ބޭފުޅުން އެ ވާހަކަ ދައްކަވަނީ ލިޔެކިޔުންތައްވެސް ރަނގަޅަށް ނުބައްލަވާ ކަމަށެވެ. އެހެނީ 22 އޮގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅު ފޮނުއްވިއިރު އިޓްލޮސް ގައި އޭރު ދެކެވެމުންދިޔައީ އިކުއި ޑިސްޓަންސް ބަހާނީ ކިހިނެއް ކޮން ހިސާބަކުން ކަމަށާ، އެ ސިޓީ ފުޅާއި ގުޅިގެން ބަދަލެއް އަންނަ ނަމަ އަންނަންވާނީ މޮރިޝަސް އާއި އެއްކޮޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސިޓީފުޅު ފޮނުވިއިރު މި އޮތީ އެންމެ ދެ އޮޕްޝަން އިޓްލޮސް ގައި. އިޓްލޮސްއާއި ގުޅުންހުރި ވާހަކައެއް ނޫން މިދައްކަނީވެސް. އެހެންނަމަވެސް، ޓައިމްލައިން ދިމާވާގޮތް އަޅުގަނޑު މި ދަންނަވާލީ. އެހެންވީމާ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އިޓްލޮސް ގެ ނިންމުމަށް ބަދަލެއް އަންނަނަމަ ބަދަލަކަށްވާނީ މޮރިޝަސް އާއި އެއްކޮޅަށް މައްސަލަ ނިމުންނޫންތޯ. 

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 

މިއާއެކު މިއުވާން ވަނީ އަދި އަދާއި ޖެހެންދެން ވެސް، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގެ ސަބަބުން އިޓްލޮސްގެ ނިންމުމަށް އައީ ކޮން ބަދަލެއް ކަން އިދިކޮޅު ފަރާތްތަކަށް ބަޔާން ކޮށްދެވިފައި ނުވާކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.