މާލެ ސިޓީ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު
ހަބަރު
11 May 2023 | 16:14
ހިއްކަންއުޅޭކަމަށް ބުނާ ސަރަޙައްދަކީ އާބަންކޯގެ ރެޖިސްޓްރީގައި ނުހިމެނޭ ތަނެއް: ޑރ. މުޢިއްޒު


ހުޅުމާލެއިން ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ އާބަންކޯގެ ރެޖިސްޓްރީގައި ހިމެނިފައިވާ ތަނެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރެ ހިއްކަން އުޅޭ ޚަބަރަކީ ތެދު ޚަބަރެއްނަމަ، ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން ލިޔުއްވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މުޢިއްޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

"ހިއްކަންއުޅޭކަމަށް ބުނާ ސަރަޙައްދަކީ، އެޗް.ޑީ.ސީ އަށް (މިހާރު އަރބަންކޯ) އަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއް" މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށް މޭޔަރ މުޢިއްޒު ވިދާޅުވެފައިވެއެެވެ.މީގެ އިތުރުން މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއްކަމަށް މުޢިއްޒު ވިދާޅުވެފައި ވެއެވެ.

އަދި ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި ޢަމަލު ކުރަމުންދާއި ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަން އޭނާ ފާހަގަ ކުރައްވައިފައިވެއެވެ.

އަދި މި މަޝްރޫޢަކީ ލާމަރުކަޒީ ޤާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫޢެއްކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ. "ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް" މުޢިއްޒު ވިދާޅުވެފައިވެއެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ޤާނޫނާއި ޚިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރައްވަވާ، ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު މިގޮތަށް ޓްވީޓް ކުރައްވައިފައި މިވަނީ ހުޅުމާލޭގެ ބިން ހިއްކުމާއި ގުޅިގެން އިއްޔެ ފެތުރިގެން ދިޔަ ޚަބަރާއި ގުޅިގެން އާބަންކޯއިން އެވާހަަކަ ދޮގު ކޮށްފައިވަނިކޮށެވެ.

އިއްޔެ އާބަންކޯއިން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން އަންނަނީ ކުރަމުން ކަމަށެވެ. އަދި އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް 2 ބޭރުން ހިއްކާ މި ސަރަހައްދަކީ ކުރިން ޔޮޓް މެރީނާއަކާއި ކުރޫޒް ޓާމިނަލެއް ތަރައްޤީކުރުމަށް ޚާއްޞަކޮށްފައިވާ ފަޅެކެވެ.

އެކަން ކުރުމަށް ކުރީ ސަރުކާރުން އެ ފަޅުގައި 2، 3 ރަށްވެސް ހިއްކާފައިވެއެވެ.ރާއްޖޭގައި ކުރޫޒު ޓާމިނަލެއް އަދި އެކަށީގެންވާ މިންވަރުގެ ޔޮޓު މެރީނާއެއް ނެތުމުން އެކަމަށް ޚާއްޞަކޮށް މި ފަޅު ތަރައްޤީކުރަން އެއިރު ނިންމިއެވެ.

މިވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައިސްފައި މިވަނީ މާލެ ސަރަހައްދުން ގޯތި ދޫކުރާ ވާހަކަވެސް ދެކެވިފައިވާ ދަނޑިވަޅެއްގައެެވެ.


ކޮމެންޓް
އަލީ ރަޝީދު
ތިޔައީ ކައުންސިލް ތަނެއްނަމަ މިހާރު ހުންނާނީ ވިއްކާ ނިންމާ، ފައިސާކޮޅު ޖީބަށް ޖަހާލާފައެވެ. އަހަރުންނަށް މުއިއްޒު ބަރާބަރަށް އެގެއެވެ.
11 May 2023
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.