ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ވޮއިސް
ހަބަރު
16 May 2023 | 14:10
ފޯޅަވަހި މައްސަލާގައި ރައީސް ޞާލިހުގެ އިހުމާލު އެބައޮތް؛ ޕާޓީން ވަކިކުރަންވީ ޢާޒިމެއް ނޫން: ރައީސް ނަޝީދު

ފޯޅަވަހީގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާބައި ބެހުމުގައި ރާއްޖޭގެ ކަނޑުން ބައެއް ގެލިފައިވާ ކަމަށާ، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އިހުމާލު އޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޮރިޝަސް އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް އެޑްހޮކް އާބިޓްރޭޝަން އުސޫލުން ކުރިއަށް ގެންދިޔުމަށް މޮރިޝަސް އިން 18 ޖޫން 2019 ގަައި ހުށަހަޅާފައިވާ ކަމަށެވެ. 

"އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖޭގަ ބައެއް މިވަނީ ގެއްލިފައެވެ. މިކަމުގައި މަޖިލިސް ގެ ނިންމުމެއް ހޯދާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ގެ އިހުމާލު އެބަ އޮތެވެ." ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެހެންކަމުން، ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ނިންމުމާއި ދެކޮޅަށް ވާހަކަ ދެއްކުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ރައީސް ނަޝީދު ވަނީ ސިފަ ކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ، އެ މައްސަލާގައި ވަކި ކުރަންވީ މެންބަރު ޢާޒިމް ނޫން ކަމަށެވެ. 

ޗާގޯސް މައްސަލައިގައި އުފައްދަފައިވާ ކޯލިޝަންއިން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތް ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއި ކުރެވުނު ޕެޓިޝަންގައި ސޮއި ކޮށްފައި ވާތީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އާޒިމް ވަނީ އެ ޕާޓީން ވަކިކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް