"ފިކުރެއްގެ ދިރުން" ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދައުރު
ހަބަރު
17 May 2023 | 18:34
ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ

އެމްޑީޕިގެ ތެރެއިން އުފެދިގެން އައި ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެ ފެކްޝަނުން ބުނެފިއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީވާ ޢަބްދުالله އާއި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ފިކުރެއްގެ ދިރުމުން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އަދި އެ ޕާޓީ އުފެއްދުމަށް އަންނަ ހަފްތާގައި ފޯމު ހުށަހެޅުމަށް ފަހު 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މި ބައްދަލުމުގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. އަދި “ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމަށްވެސް އީވާ ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ އެބޭފުޅުންނަކީ ދިވެހި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދަރިވަރުންކަމަށެވެ. އެހެންކަމުން އެބޭފުޅުން އަމަލުކުރައްވާނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުގެ ދަށުންކަމަށް ވިދާޅުވިއެވެ. އެގޮތުން “ފިކުރެއްގެ ދިރުން” ފަރާތުން އުފައްދާ ޕާޓީގެ މަގާމުތަކަށްވެސް ބޭފުޅުން އައްޔަނުކުރާނީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންކަމަށާ އަދި އެ ޕާޓީގެ ތެރޭގައިވެސް ޑީމޮކްރެޓިކް ހަމަތައް ގާއިމްކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ.

ކޮމެންޓް
މަށް
ޓިކެޓް ނުލިބުނީމަށް ޕާޓީއެއް އުފެއްދުންވެސް މިހާރު ވެއްޖެ ޓްރެންޑަކަށް
17 May 2023
އަލިހޮއްކޮ
ތިޔަ “ފަކުރެއްގެ ދިރުން” އެއީ ގައުމު ފަސާދަކޮށް ސެކިޔުލަރ ވިސްނުމާއި އެލްޖީބީޓީ ފިކުރާއި ބަރުލަމާނީ އާއި އެކުވެގެން އަންނަ ބައގަނޑެކެވެ. މައުމޫނު ޕާރޓީ ވަރަށް ތިންހާސް މީހުންވެސް ހަމަ ނުކުރެވޭނެކަން ގައިމެވެ.
17 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.