ފިކުރެއްގެ ދިރުމުގެ ޖަލްސާއެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: އަވަސް
ހަބަރު
17 May 2023 | 18:40
އެމްޑީޕީވެސް ދެފަޅި: ނަޝީދަށް ވަފާތެރި މެމްބަރުން ނިކުމެ އާ ޕާޓީއެއް އުފައްދަނީ!

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮތްޕަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކޮށްފި އެވެ. 

އެކަން އިއުލާނުކޮށްފައިވަނީ އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. 

މިއަދުގެ އެ ޕްރެސް ކޮންފަރެންސް ފައްޓަވަމުން އީވާ ވަނީ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އެމްޑީޕީން އިސްތިއުފާދެއްވާފައިވާކަން ވެސް ކަށަވަރުކޮށްދީފަ އެވެ. އެ މެމްބަރުންގެ އިތުރުން ވެސް އެމްޑީޕީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޕާޓީން އިސްތިއުފާދެއްވާފަ އެވެ. 

އެގޮތުން އެމްޑީޕީގެ ނައިބުރައީސް އަޙްމަދު ޝިފާޒުގެ އިތުރުން އެ ޕާޓީގެ ސިޔާސަތު ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި އެމްޑީޕީ މެނިފެސްޓޯ އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީން ވަކިވި މެމްބަރުންނާއެކު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ އުންމީދެއް އެބޮތް މި އާޕާޓީ އަޅުގަނޑުމެން އުފައްދައިގެން އަނެއްކާވެސް ދިވެހިރާއްޖޭގެ މުސްތަގުބަލާއި އަޅުގަނޑުމެންގެ ޒުވާނުންގެ މުސްތަގުބަލާއި ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލު ބައްޓަންކުރުމުގައި އަޅުގަނޑުމެންގެ އާ ސިޔާސީ ޕާޓީއަށް އަޅުގަނޑުމެންގެ އުންމީދު ބޮޑު"

މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله 

އީވާ ވިދާޅުވީ އެމްޑީޕީއިން ނިކުމެ ވަޑައިގެން އުފައްދަވާ އެ ސިޔާސީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރާނެ ކަމަށެވެ. 

އެހެން ނަމަވެސް، ވާދަކުރާނެ ގޮތުގެ މާ ބޮޑު ތަފްސީލުތަކެއް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާފައެއް ނުވެއެވެ. 

އެމްޑީޕީގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުން ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރައްވާފައިވާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޕާޓީން އިސްތިއުފާއެއް ނުދެއްވަ އެވެ. 

އެހެން ނަމަވެސް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތަކީ ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ގޮފި ބޮޑުކޮށް ފުޅާކުރުމުގެ ތެރެއިން ތަރައްގީވަމުން އައި މަސައްކަތެއްކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވަނީ ސާފުކޮށްދެއްވާފަ އެވެ. 

ކޮމެންޓް
އަލިހޮއްކޮ
ތިޔަ “ފަކުރެއްގެ ދިރުން” އެއީ ގައުމު ފަސާދަކޮށް ސެކިޔުލަރ ވިސްނުމާއި އެލްޖީބީޓީ ފިކުރާއި ބަރުލަމާނީ އާއި އެކުވެގެން އަންނަ ބައގަނޑެކެވެ. މައުމޫނު ޕާރޓީ ވަރަށް ތިންހާސް މީހުންވެސް ހަމަ ނުކުރެވޭނެކަން ގައިމެވެ.
17 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.