އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
18 May 2023 | 12:21
އަޅުގަނޑަށް ފެނޭ، ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވަން: ފައްޔާޟް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އައު ޕާޓީއެއް އުފައްދަވާ ނަމަ، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ފިކުރެއްގެ ދިރުން ގޮފިން އައު ޕާޓީއެއް އުފައްދަން ނިންމިކަން އިޢުލާން ކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ބުނަމުންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހަށް އެއީ ގޮންޖެހުމަކަށް ވެދާނެތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޟް ވަނީ އެމްޑީޕީން ކެނޑި، ފިކުރެއްގެ ދިރުން ޕާޓީއާއި ރައީސް ނަޝީދު ގުޅިވަޑައިގަންނަވާ ނަމަ، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ އޭނާ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށެވެ. އެހެނީ ޕާޓީތައް ހަދަނީ ބާރާއި ވެރިކަން ހޯދުމުގެ ބޭނުމުގައި ކަމަށާ، އެއީ އެބަޔަކު ބޭނުންވާ މެނިފެސްޓޯ އެއް ތަންފީޒު ކުރުމަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، ޕާޓީއެއް ހަދައިފި ނަމަ، އެ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ނުކުންނެވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމުގައި ފައްޔާޟް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އަޅުގަނޑަށް ފެނޭ ރައީސް ނަޝީދު (ރިޔާސީ އިންތިހާބުގައި) ވާދަކުރައްވަން. އޭރުންތާ އެނގޭނީވެސް. ވަރަށް ސާފުކޮށް ކަންކަން އޮތް ގޮތް ވެސް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރައީސް ނަޝީދު ވަކި ޕާޓީއެއް ހައްދަވައިފި ކަމުގައި ވަންޏާމުން ނުކުންނަވަން. 

ވަކިޕާޓީއެއް އުފައްދަވައިގެން ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވަން އެދެވުނަސް، އެމްޑީޕީގެ ރައީސް ގެ މަގާމުގައި އެމްޑީޕީގައި ހުންނަވާ ނަމަ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހުގެ ފަހަތަށް އަރާވަޑައިގަންނަވަން ފައްޔާޟް ވަނީ އެދިލައްވާފައެވެ. 

އިއްޔެ ފިކުރެއްގެ ދިރުމުން ބޭއްވި ބައްދަލުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ވަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. އަދި “ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމަށްވެސް އީވާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުން ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރައްވާފައިވާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޕާޓީން އިސްތިއުފާއެއް ނުދެއްވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.