މެމްބަރު ނަޝީދު އަދި ފެނަކަ އެމްޑީ ސަޢީދު
ހަބަރު
18 May 2023 | 17:48
ގދ ވާދޫ ކައުންސިލް ރައީސް ފިޔަވައި، ފެނަކައިން މުސާރަ ނުހިނގާ 15 އަހަރުން މަތީގެ ބޭފުޅެއް ނެތް: ނަޝީދު

ގދ ވާދޫ ކައުންސިލް ރައީސް ފިޔަވައި، ފެނަކައިން މުސާރަ ނުހިނގާ 15 އަހަރުން މަތީގެ ބޭފުޅެއް އެ ރަށުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި، އެކުންފުނީގެ މެނޭޖުމަންޓު އަދި ފައިނޭންސް އޮޑިޓެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.

މޮސްޓާގެ ވާހަކައިގައި ވަނީ ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އެގޮތުން ގދ. ވާދޫގައި އެރަށުގެ ކައުންސިލް ރައީސް ފިޔަވައި ފެނަކައިން މުސާރަ ނުހިނގާ 15 އަހަރުން މަތީގެ އެއްވެސް ބޭފުޅެއް ނެތް ކަމަށް މޮސްޓާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ގދ. ވާދޫގައި މިއަދު ނެތޭ 15 އަހަރުން މަތީގެ ގދ. ވާދޫގެ ކައުންސިލް ރައީސް ފިޔަވައި އެއްވެސް ބޭފުޅަކު ފެެނަކައިން މުސާރަ ނުހިނގާ. ރަށެއްގެ އާބާދީ އެއްކޮށް ފެނަކަ. މިއީ ފެނަކަ ސައީދުގެ އަމިއްލަ ތަނެއްބާ؟" މޮސްްޓޯ ވިދާޅުވިއެވެ.

މިއާއިއެކު ބައުންޑްރީ ނެތް ތަން ތަނުގައި ސެކިއުރިޓީ ޕޯސްޓް ހެދުމަށްފަހު ސެކިއުރިޓީ ބަހައްޓާފައި ތިބިކަމަށާއި، 25 ހާސް ރުފިޔާގެ މުސާރަ ލިބޭ 4 ސުޕަވައިޒަރުން ތިބިއިރު މި ސުޕަވައިޒަރުންނަށް އިތުރު 2 ސީނިއާ ސުޕަވައިޒަރުން ތިބޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން ވާދޫގައި ފެނަކައިގެ އެމްޑީ ސައީދުގެ އަމިއްލަ ގެކޮޅު ގަނޑުވަރެއް ފެންވަރަށް ހަދާފައިވާ ކަމަށާއި، އޭގެ އިތުރުން ސްރީލަންކާގައިވެސް ގެއެއް ހަދާފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ހަމައެހެންމެ އެ މަގާމުގައި ހުންނަވައިގެން މިހާރު ސައީދު ގެންދަވަނީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މި ހުރިހާ ޚަރަދެއް ކުރައްވަމުންދާއިރު، ފެނަކައަށް ފިނޭންސްއިން ފައިސާ ނުލިބޭކަމަށް ބުނެ ވިޔަފާރިވެރިން ލައްވާ މުޒާހަރާ ކުރުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް މޮސްޓާ ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅުކަމަށް ބުނެ އައި ސަރުކާރު މިއަދު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ މިންވަރު ހަމައެކަނި ފެނަކަ ކުންފުންޏަށް ބަލާލުމުން ހާމަވެގެންދާކަމަށް މޮސްޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ވާދޫ ދަންނަކަލޭގެ ފާނު
ތަ ބޮނިއެސް ތީ ދޮގެކެ ނުން ހުތާ
18 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.