އެމްޑީޕީގެ ބޮޑު ދިދަ ނަގާފައި/ ފޮޓޯ/ އެމްޑީޕީ
ހަބަރު
19 May 2023 | 08:53
ރައީސް ޞާލިހުގެ ކެމްޕޭނު ދަތުރުތައް ފަށާ، ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކޮށް ރިޔާސީ ކެންޕޭނު ދަތުރުތައް ފަށައިފި އެވެ. 

އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވީ މިއަދާއި ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖޭގައި އެމްޑީޕީގެ މުހިންމު ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ. 

އެ ހަރަކާތްތައް ހިންގުމަށް މާލެއިން އެމްޑީޕީގެ ޓީމުތައް މިހާރު އަތޮޅުތެރެއަށް ފުރާފައިވާ ކަމަށާއި، އެ ޓީމުތަކުގައި ސަރުކާރުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

އަތޮޅުތެރެއަށް ފުރާ އެމްޑީޕީގެ ޓީމެއް 

އިބްރާހިމް ވަހީދު ވިދާޅުވީ ރިޔާސީ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމުގެ އިތުރުން، ރިޔާސީ އިންތިޚާބަށް އަތޮޅުތެރޭގެ ހަރަކާތްތައް ފެށުމަށް ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. 

"މެނިފެސްޓޯއަށް މައުލޫމާތު ހޯދުމުގެ އިތުރުން އެމްޑީޕީގެ ދިދައެއް ނަގާނެ ކޮންމެ ރަށެއްގައި. ދެން ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ކުރިއަށް ގެންދާނެ"

އެމްޑީޕީގެ ޗެއާ ޕާސަންގެ ނައިބު އިބްރާހިމް ވަހީދު 

ރައީސް ޞާލިހުގެ ޕޯސްޓަރު ހަރުކުރަނީ

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން މަސައްކަތް ފަށާފައިވާއިރު، މިއީ ވަރަށް އިންތިޒާމުވެގެން ހިންގޭ ހަރަކާތްތަކެއް ގޮތުގައި އެ ޕާޓީން ވަނީ ބުނެފައެވެ. 

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކޯށް ރަށްތަކުގައި ކެމްޕޭނު ޓީމުތައްވެސް އެކުލަވާލެވިގެން ދާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދާދިނުމުގެ މަސައްކަތް އެމްޑީޕީން ރަސްމީކޮށް ފަށާފައިވާއިރު، އެމްޑީޕީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ވަފާތެރި ގިނަ މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެފަ އެވެ. 

އެހެންކަމުން އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފަށާފައި މިވަނީ ޕާޓީގެ ތާރީޚުގައި ވެސް ތަޖުރިބާކޮށްފައިވާ އެންމެ ބޮޑު ޚިޔާލުތަފާތުވުންތަކުގައި ޕާޓީ ބައިބައި ވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ޕާޓީން ވަކިވި ފަރާތްތައް އެމްޑީޕީއަށް އިތުރަށް ވެރިކަން ހޯދައިދޭން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވަމުން ދިޔަ ނަމަވެސް ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގައި މިވަގުތު ތިއްބެވި އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޞާލިހާއެކު އެ ޕާޓީއަށް ވެރިކަމުގެ އާ ދައުރެއް ހޯދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.