ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި އަނަސް އަބްދުއް ސައްތާރު (ވ).
ހަބަރު
19 May 2023 | 16:08
އެމްޑީޕީ ގަދަކޮށް ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ: އަނަސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ އިންތިހާބަށް ނުކުންނާނީ ގަދަކޮށް ކަމަށާ, އަދި އެ އިންތިހާބު ޕާޓީގެ ރިޔާސީ ކެންޑިޑޭޓ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބުކުރައްވާނެ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކޮށް ރިޔާސީ ކެންޕޭނު ދަތުރުތައް އިއްޔެ ވަނީ ފަށާފައެވެ. 

އެ ދަތުރު ތަކާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވައި އަނަސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެއިން ދިޔަ ޓީމުތަކާއި ރަށްރަށުގައި ތިބި މެމްބަރުންނާއެކު ބައްދަލުވުންތައް ބާއްވާ އެމްޑީޕީގެ 2 ވަނަ ދައުރެއްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އެގޮތުން ޕާޓީގެ އާއްމު މެމްބަރުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަދި މީގެ އިތުރުން، ރައީސް ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހުރިހާ ރަށްތަކެއްގައި ހަރުކުރުން ކުރިއަށްދާއިރު، އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފަށަން ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށްތަކެއްގައި ޕާޓީގެ ދިދަ ނެގުން މިއަދު ހަވީރު 4:30 ގައި އޮންނާނެ ކަން ވަނީ ފާހަގަކުރައްވާފައެވެ. 

"މި ސަރުކާރުން ފެށި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އާއި މަގުހެދުމާއި ތަރައްގީގެ އެހެން ޕްރޮޖެކްޓްތައް ނިމި ރަށްރަށުން ފެންނަނީ އުޖާލާ ކުރިމަގެއް. އެއްވެސް ރަށެއް ތަފާތެއް ނުކޮށް ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ފަހިވެ ލިބުނު ލުއި ފަސޭހަކަމާއި ހަމަޖެހުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބު." އަނަސް ވިދާޅުވި އެވެ. 

‏މިއާއެކު އަނަސް ވިދާޅުވީ، މި ދަތުރުން ހޯދާ މައުލޫމާތުން މެނިފެސްޓޯ އެކުލަވާލައި އެމްޑީޕީ ގަދަކޮށް އިންތިހާބަށް ނުކުމެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީގެ ކެންޑިޑޭޓް ރައީސް ސޯލިހް ކާމިޔާބުކުރައްވާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.