ފޮޓޯ: އަރބަންކޯ
ވިޔަފާރި
20 May 2023 | 16:45
"ފަންނުގެ ދަރިން" ގެ 27 ވަނަ ސެޝަން މިއަދު

ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތައްކުރުވާ "ފަންނުގެ ދަރިން" ޖަމިއްޔާއާއި، އަރބަންކޯ ގުޅިގެން ހުޅުމާލެ، އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މި ހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ބާއްވަން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 16:00 އިން ރޭގަނޑު 22:00 އާ ހަމައަށް ހުޅުމާލެގެ ދިރާގު ބީޗް ސަރަހައްދުގައެވެ.

މިކަމާއި ގުޅިގެން އަރބަންކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފަންނުގެ ދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ޘަޤާފަތް ދައްކުވައިދޭގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެއް ކަމަށެވެ.

އެގޮތުން މި ސެޝަންތައް ކުރިއަށްގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާއި އެކުގައި ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު 2019 ވަނަ އަހަރުވެސް ފަންނުގެ ދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް މެދުކަނޑަލާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކަަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް މި ސެޝަންތައް ފަށައި، އެޗްޑީސީއާއި އެކު އެއްބަސްވުމަކަށް އައިސް، ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަރބަންކޯއަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެއް ކަމުން މި ފަންނުގެ ދަރިން ސެޝަންއަކީ ވެސް އެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.