ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް ޔާމިނުގެ އަރިހުގައި/ ފޮޓޯ: އަވަސް
ހަބަރު
21 May 2023 | 16:47
ދުވަހަކުވެސް ނުޖެހޭ މިންވަރަށް ގައުމު ވަނީ ރައީސް ޔާމިންގެ ޚިދުމަތަށް ބޭނުންޖެހިފަ: ސައީދު

މިއިން ދުވަހަކުވެސް ނުޖެހޭ މިންވަރަށް މިއަދު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޚިދުމަތަށް ޤައުމު ބޭނުން ޖެހިފައިވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ އަރިސްކޮށް ފޭސްބުކުގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. 

ސައީދު ވިދާޅުވީ ރައީސް ޔާމީން ގައުމީ ޚިދުމަތުގައި ނެތްކަމުގެ ފަޅުކަން މުޅި ގައުމު އިހުސާސް ކުރަމުންދާކަމަށް ސިފަކުރައްވާފަ އެވެ. އެއާއެކު ވިދާޅުވީ ރައީސް ޔާމީނުގެ ޚިދުމަތަށް މިއިން ދުވަހަކުވެސް ގައުމު ބޭނުން ނުވާ މިންވަރަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ. 

"މީގެކުރީން އެއްވެސް ޒަމާނަކު ބޭނުންނުވާ މިންވަރަށް ރައީސްޔާމީންގެ ޚިދުމަތަށް ދިވެހިޤައުމުަވަނީ ބޭނުންވެފަ"

މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމިނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ހުކުން ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގަ އެވެ. 

މިއީ މިވެރިކަމުގައި ރައީސް ޔާމީން ޖަލުގައި ހުންނަވާ 3 ވަނަ އުފަންދުވަހެވެ. 

ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވާނީ ނުހައްގު ހުކުމެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެމަނިކުފާނަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރާކަމަ ށެވެ. އަދި އެމަނިކުފާނަކީ މުޅި ގައުމު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ބޭފުޅެއްކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޕަކާސް
ހުރިއެތިކޮޅު ކައްވާލަންތަ ބޭނުންވަނީ
21 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.