ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
22 May 2023 | 12:05
ވެރިކަމުގެ ނިޒާމް ބަދަލުކުރަން ގިނަ ދިވެހިން ބޭނުންވޭ؛ ވޯޓަކަށް ދާންޖެހޭ: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމް ބަދަލު ކުރަން ގިނަ ދިވެހިން ބޭނުންވާ ކަމަށާ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ، ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑަށް ރަށްތަކުން ގުޅިފައިވާ އަތޮޅަކީ ތިލަދުންމަތި ކަމަށެވެ.  އަދި ތިލަދުންމަތީގެ ރަށްތަކުގެ މިލްކުވެރިކަން މީގެ ކުރިން މާލޭގެ އެކި ފަރާތްތަކަށް އޮތް ކަމަށާ އޭގެ ފަހުން މިނިސްޓްރީ ތަކުގެ ދަށުގައިވެސް އެ ރަށްތަކުގެ މިލްކުވެރިކަން އޮތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް ތިލަދުންމަތީގެ ރަށްތަކާއި އެ ރަށްތަކުގެ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ލިބެންޖެހޭނީ ތިލަދުންމަތީގެ ރަށްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ އެންމެ މުހިންމު އެއް ވާހަކައަކީ ލާމަރުކަޒީ ވާހަކަ ކަމަށެވެ. އަދި ފެޑަރަލް ދިވެހިރާއްޖެއަކަށް ދިވެހިރާއްޖެ އަލިވިލެން ވެއްޖެކަން އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލު ކުރައްވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރުވެސް މުޅި ރާއްޖެ ރައީސުލްޖުމްހޫރިއްޔާ އަތުގައި އޮތުމުން އެ ލިބޭ ބާރު ދޫކޮށްލަން އުނދަގޫވެވަޑައިގެންނެވިކަމަށެވެ.

މިފަދައެތައް ސަބަބުތަކަށްޓަކައި ދިވެހި ރައްޔިތުން މިއަދު ފެޑެރަލް ނިޒާމަކަށް ބަދަލުވާާންޖެހޭ ކަމަށާ އެގޮތަށް ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނާން ޖެހޭ ބަދަލު ގިނަ. ފެޑެރަލް ނިޒާމަކަށް ބަދަލުވުމާއިއެކުގައި، ވެރިކަމުގެ ނިޒާމު، ނުވަތަ ވެރިކަން ކުރާ ގޮތަށް ބަދަލު ގެނައުން އެއީ، ބޭނުންތެރި ކަމެއްގެ ގޮތުގައި، އެތައް ދިވެހީންނަކަށް މިއަދު އެބަ ފެނޭ. އަޅުގަނޑު ދެކޭގޮތުގައި، އެންމެ ކުޑަމިނުން، އަޅުގަނޑުގެ ވާޖިބެއް އެއީ ރައްޔިތުންނާއި ހަމައަށް މި މައްސަލަ ގެންދިޔުން. ފެންނަ ނުފެންނަ ވޯޓަކަށް، ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އަޅުގަނޑުމެން ނިންމުން. އެއީ އަޅުގަނޑުމެންގެ ހައްގެއް. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ މީގެ 15 އަހަރު ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅިގެން ފެންނަ ނުފެންނަ ވޯޓު ނަގާފައިވީ ނަމަވެސް، އަނެއްކާވެސް އެ ވޯޓު ނަގަންޖެހިފައިވާ ކަމަށެވެ. އަދި އޭގެ ކޮންމެ ވޯޓަކީވެސް، ކޮންމެ ޖީލަކަށް ނަގަންޖެހޭ ވޯޓެއް ކަމަށެވެ. އަދި އަންނަން އޮތް ޖީލަށްޓަކައި ތައްޔަރުވާންޖެހޭ ވަގުތަކީ މިއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  

ކޮމެންޓް
ސައްލާ
މަދު ބަޔަކު އެގޮތަށް އެދެނީ.....މިގައުމަށް ބަރުލަމާނީ ބޭނުމެއްނުވޭ.
22 May 2023
އަބުދުއްލޯ
ނަސީދުވެރިކަމާގެން މޮޔަފުުޅުވަނީ
22 May 2023
އަބުދުއްލޯ
ނަސީދުވެރިކަމާގެން މޮޔަފުުޅުވަނީ
22 May 2023
ނިޒާމީ ހަދިޔާ
87 މެމްބަރުންގެ ތެރެއިން 12 މެމަބަރުންނަކީ ގިނަ މީހުން ކަމަށް ބުނާނީ ބޯހަމަނުޖެހޭ މީހެއް.
23 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.