ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ މެންބަރުން-- ފޮޓޯ/ އަދަދު
ހަބަރު
22 May 2023 | 13:07
"އެމްޑީޕީއާ އެހެން ޕާޓީތަކުގެ މެންބަރުންވެސް އަަޅުގަނޑުމެންނާއެކު މަސައްކަތްކުރަން ބޭނުންވޭ"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ މެންބަރުންވެސް، ދަ ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަމަށް އެ ޕާޓީން ބުނެފި އެވެ. 

ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލީހުގައި މިވަގުތު ތިބި މެންބަރުންގެ ތެރެއިން ފިކުރެއްގެ ދިރުން ފެކްޝަނުގެ މެންބަރުން ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ކިތައް މެންބަރުން ދަ ޑިމޮކްރެޓްސް އާއި ގުޅެން ތައްޔާރަށް ތިބިތޯ ސުވާލު ކޮށްފައެވެ. އަދި އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ހިމެނޭތޯވެސް ވަނީ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން، ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުންވެސް އެ ޕާޓީއާއެކު ސިޔާސީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ. 

"ވަރަށް ގިނަ މެންބަރުން، ހަމައެކަނި އެމްޑީޕީގެ މެންބަރުންނެއް ނޫން، އެހެން ޕާޓީތަކުގެ މެންބަރުންވެސް އަޅުގަނޑުމެންނާ ވާހަކަދައްކަވަމުން ގެންދަވާ. އެއީ ހަމައެކަނި ޕާޓީއަށް ސޮއި ކުރުމުގެ މަގުސަދުގައެއް ނޫން. ޕާޓީއާއި އެކީގައި ސިޔާސީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެ ބޭފުޅުންގެ ހުރީމާ. އެމްޑީޕީގެ މެންބަރުންވެސް އެހެން ޕާޓީގެ މެންބަރުންވެސް އަޅުގަނޑުމެންނާ ވާހަކަދައްކަވަމުން ގެންދަވާ. އަދި ޕާޓީގެ ލީޑަރޝިޕްއެއް އުފެދުނީމާ އެ ބޭފުޅުން އަދި އެވާހަކަތައް އިތުރަށް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ." 

ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު އަފްޝަން 

އެމްޑީޕީ އާއި އެހެން ޕާޓީތަކުގެ މަޖިލިސް މެންބަރުން ދަ ޑިމޮކްރެޓްސް އާއި ވާހަކަދައްކަވާ ކަމަށް އަފްޝަން ވިދާޅުވި ނަމަވެސް އެއީ ކޮން މެންބަރުން ކަމެއް، ނުވަތަ އެ ވާހަކަ ދައްކަވަނީ ކިތައް މެންބަރުން ކަމެއް އަދި ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ހާސްފައި
ކާކު ތިބައިގަޑާ ގުޅޭނީ ތި އެދުންވެރިކަން ބޮލައް އަރާގެންއުޅޭ ގުނޑާތަކެއް
22 May 2023
ޢަލީސައީދު
ލައްބަ. ޢެއީތެދެއް މުޅިދުނިޔެވެސް.
22 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ