ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
22 May 2023 | 14:27
ރާއްޖޭގައި ކެންސަރު ގިނަވަނީ އިންޑިއާގެ "ލޯ ކޮލެޓީ" ކާޑު ކާތީ: މޮސްޓާ

ދިވެހިރާއްޖޭގައި ކެންސަރު ބަލި ގިނަވަނީ އިންޑިއާއިން އެތެރެކުރާ ކޮލެޓީދަށް ކާޑުގެ ބާވަތްތައް ބޭނުންކުރާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ކަމެއް އިންޑިއާއަށް ބަރޯސާވެގެން ތިބުމުގެ ސަބަބުން ނިކުންނަ ނޭދެވޭ ނަތީޖާތަކަށް އަލިއަޅުވާލައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

މޮސްޓާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެނީ އިންޑިއާއިންކަމަށް ސަރުކާރުން ބުނަމުންދާއިރު، އެ ޤައުމުން ދިވެހިންނަށް ފޯރުކޮށްދެނީ ވަރަށް ފެންވަރުދަށް ތަކެތި ކަމަށެވެ. 

އިންޑިއާއިން އެތެރެކުރާ ކާޑުގެ ބާވަތްތަކަކީ "ގެރި ބަކަރި" އަަށް ކާން ދޭން ވެސް ކަމުނުދާނެ ދަށް ފެންވަރުގެ އެއްޗިހީގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެވާހަކައާއި ގުޅުވާ މޮސްޓާ ވިދާޅުވީ އިންޑިއާއިން އެތެރެކުރާ ފެންވަރު ދަށް ކާޑުގެ ބާވަތްތައް ބޭނުންކުރަން ޖެހުމަކީ ރާއްޖޭގައި ކެންސަރުބަލި އިތުރުވެގެންދާ އެއް ސަބަބުކަމަށެވެ. 

"ދިވެހިރާއްޖޭގައި މިއަދު ކެންސަރު މި ގިނަވަނީ އިންޑިއާއިން ވިއްކާ ކޮލެޓީދަށް ކާޑުގެ ސަބަބުން. ކޮލިޓީދަށް ބިހާއި، ކޮލިޓީދަށް އަލުއްވާއި، މިކަހަލަ އެއްޗިހި ކައިގެންނޭ ދިވެހިރާއްޖޭގައި ކެންސަރު މި ގިނަވަނީ" 

ނޮޅިވަރަމްފަހު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

މޮސްޓާގެ ވާހަކައިގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން މިސާލު ނަންގަވާ، އެ ވެރިކަމުގައި އިންޑިއާއިން ހިލައާއި ހިލަވެލި ރާއްޖެއަށް ދޫކުރުން ހުއްޓާލީމަ، އޭރު ކުރަމުން އައި ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓިގެން ދިޔަތޯ ސުވާލުކުރައްވާފަ އެވެ. 

އެ ވެރިކަމުގައި އިންޑިއާއިން ހިލައާއި ހިލަވެލި ނުދިނީމަ، ލިބެން ހުރިތާކުން އެތަނެތި ގެނެސްގެން މަސައްކަތް ކުރަން ފެށި ފެށުމުން، އިންޑިއާއަށް ބަރޯސާނުވެ ރާއްޖެއިން ބޭނުންވާ ތަނަކުން މުދާ ގެނެސް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެވިދާނެކަން އެނގިގެންދާކަމަށް މޮސްޓާ ވިދާޅުވި އެވެ. 

މޮސްޓާ އިތުރަށް ވިދާޅުވީ ދުވަހަކުވެސް އިންޑިއާއިން ރާއްޖެއަށް ހެޔޮ އެދިގެން ކަމެއް ކޮށްދީފައި ނުވާކަމަށެވެ.

ތަރީޚުގައި ވެސް އެކަން ފެންނަން އޮތް ކަމަށާއި، އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަމުން އައިސްފައިވަނީ ރާއްޖެ އެމީހުންނަށް ބަރޯސާވާ ތަނެއްގެ ގޮތުގައި ބާއްވައިގެން ރާއްޖެއަށް ނުފޫޒު ފޯރުވުމަށްކަމަށް މޮސްޓާ ވިދާޅުވި އެވެ. 

ކޮމެންޓް
ހީލާ
ބިލިޖެހެނީ މިވަނަތާކުންގެންނަކާނާކައިގެނޭ ބުނުމަކީ ދެރަކަމެއް އެސޮރަށްނޭގޭ ބަލިޖައްސަނީ މާތްﷲކަން އިންސާނާއައް ބަލިޖައްސަނީ އިމްތިހާނެއްގެގޮތުގައި ތިހާގަމާރުން މެންބަރުންނައްތި ޭނީ
22 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ