ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ސަރަހައްދު--- ފޮޓޯ/މިހާރު
ހަބަރު
23 May 2023 | 19:09
ބޮން ގޮއްވި ވަގުތާއި އޭގެ ފަހުން ކަން ހިނގި ގޮތް ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ކިޔައިދީފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، ހާދިސާ ހިނގި ވަގުތާއި، ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ ހަމަޔަށް ކަން ހިނގި އެމަނިކުފާނު ދެ ހަށިފާރަވެރިއަކު މިއަދު ކްރިމިނަލް ކޯޓުގައި ކިޔައިދީފިއެވެ.

މެއި 6, 2021 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ކުރިއަށްގެންދާ، މީހުންގެ ތެރެއިން ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި އަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ.

މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސްއަށާ ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ.

އަދި އިސްހާގު، މއ. ކުދެހިގެ/ކ.މާލެ އަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ، ގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ.

އަދި ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

މީގެ އިތުރުން، އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ ގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

މި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. މި އަޑުއެހުމުގައި ދައުލަތުގެ ހެކިންގެ ގޮތުގައި ހާޒިރުކުރީ ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ޙަރަކާތްތެރިވި އޮފިސަރުންގެ އެވެ. 

އެގޮތުން ކޯޓުގައި ހެކިބަސް ދެމުން މިއަދު ފުރަަތަމަ ހެކިވެރިޔާ ބުނީ އެ ހާދިސާ އަށް ގިނަ ދުވަސްވެފައިވާތޫ ހާދިސާ ހިނގި ވަގުތު ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެ ވަގުތު އޭނާ ހުރީ ނީލޯފަރު ހިނގުމާއި މަޖީދީމަގު ކަންމަތީގައި އޮތް، ވީއައިޕީ ވެހިކަލް ކައިރީގައި ކަމަށާ ކުއްލިއަކަށް ވަރަށް ބާރު އަޑުފަށްގަނޑަކާ އެކު އެއްޗެއް ގޮވި އަޑު އިވުނު ކަމަށެވެ. އެގޮތުން އޭތި ގޮވުމާއި އެކު ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށާ، އެ ގޮވި އެތީގެ ސަބަބުން އޭނާގެ ކަނާތާއި ބުރަކަށި ޒަހަމުވިކަމަށެވެ. 

ދެވަނައަށް ހެކިބަސް ދިން އޮފިސަރު ބުނީ، ހާދިސާ ހިނގީ ގާތްގަނޑަކަށް 8:25-8:30އާ ދެމެދުގައި ކަމަށެވެ. އަދި ޙާދިސާ ހިނގި ވަގުތު ބާރުގަޑަ އަޑާއި އެކު ބޯ ދުންތަކެއް ފެނުނު ކަމަށާއި، އަދި ނަޝީދު ބިންމައްޗަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށެވެ.

އެއަށްފަހު ނަޝީދު އަތްމައްޗަށް ލައިގެން ވީއައިޕީ ކާރަށް އެރުވި ކަމަށާއި، އެހެންނަމަވެސް އެ ކާރު ސްޓާޓް ނުވުމުން، ފަހަތުގައި އޮތް ބެކަޕް ކާރަށް އެރުވިކަމަށް އޭނާ ބުންޏެވެ. އެ ކާރުގައި ނަޝީދު އޭޑީކޭއަށް ގެންދިޔަ ކަމަށާ އެ ދެމެދުގައި ހޭދަވެފައިވާނީ ފަސް ވަރަކަށް މިނެޓުކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ނަޝީދުގެ ހަށިގަނޑުގައި އެެއްކޮށް ލޭ ހުރި ކަމަށާ، އެމަނިކުފާނުގެ ގަމީސްވެސް އޮތީ ހަލާކުވެފައި ކަމަށެވެ. އަދި އެ ހާދިސާގައި އޭނާގެ އަތަށާއި ކަނދުރާއަށް އަނިޔާވިކަމަށްވެސް ބުނެފައިވެއެވެ. 

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ، ދެވަނަ ހެކިވެރިޔާއާއި އަދި މިއަދު ހެކިބަސް ނަގަން ތާވަލު ކުރެވިފައިވާ އިތުރު ދެ ހެކިންނަކީވެސް ވަކި މިންވަރަކަށް ރައްކާތެރި ކުރުމަށް ޝަރީއަތުން އަމުރުކޮށްފައިވާ ހެކިން ކަމަށާއި، ވުމާއެކު ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށެވެ. އެހެންކަމުން އަޑުއެހުމުގެ ބާކީ ބައި ވަނީ ސިއްރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.