ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު--
ހަބަރު
24 May 2023 | 11:30
ޑިމޮކްރަސީގެ ބަފަޔަށް ހެދުނު މީހާ ނުލަފާ ދޮންބަފަޔަކަށް ވެއްޖެ: ރާޝިދު

ޑިމޮކްރަސީގެ ހެޔޮލަފާ ބަފައެއްކަމަށް ހެދިގެން އުޅުނު ބޭފުޅަކު ވަރުގަދަ ނުލަފާ ދޮންބަފަޔަކަށް ވެގެން މުޅި ގައުމު ހަރާބު ކުރަމުންދާ މަންޒަރު ފެންނަން ފަށައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

ދަނޑުވެރިކަމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު ރާޝިދު ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދާއިރު މުޅި ރާއްޖޭގައި އެކި ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި، ކަމެއް ނުކޮށްދޭ ކަމަށް ބުނަމުން ދަނީ ހަޖަމް ނުވާ، ވެރިކަމަށް ފެންބޮވައިގަނެފައިވާ މީހުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޑިމޮކްރަސީގެ ހެޔޮލަފާ ބަފައެއް ކަމަށް ހެދިގެން އުޅުނު ބޭފުޅަކު، މިއަދު ވަރުގަދަ ނުލަފާ ދޮންބަފަޔަަކަށް ވެގެން މުޅީ ގައުމު ހަރާބު ކުރަމުން ދާ މަންޒަރު" ރާޝިދު ވިދާޅުވިއެވެ.

ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ރައްޔިތުން ދެއްވާތަން މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ފެނިގެން ދާނެ ކަމަށް ރާޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާޝިދު ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލުމަށް ތަފާތު ވާހަކަ ދައްކަމުން ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށެވެ.

ދަނޑުވެރިކަމުގައި އެގްރޯނެޓްއިން މަސައްކަތްތައް ނުކުރާ ކަމަށް ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރާޝިދު ވިދާޅުވީ އެގްރޯނެޓްގެ ފަރާތުން، ދަނޑުވެރިންނަށް ގެންނަ ގިނަ މުދަލުގެ ޑިއުޓީ ކަނޑާލާފައިވާ ކަމަށާއި އަދި ދަނޑުވެރިކަމަށް ބޭނުންވާ ލޯނާއި ވަސީލަތްތައް ދެމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.