ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލޯޔަރުންގެ ޓީމް--ފޮޓޯ: ވޮއިސް
ހަބަރު
25 May 2023 | 14:22
ފުއްގިރި މައްސަލަ: ހެކިބަސް ނެގުން ފަސްކޮށް ތަހުގީގު ފައިލު ދައްކަން އަންގައިފި

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުން ފަސްކޮށް މައްސަލައިގެ ތަހުގީގު ފައިލުތައް ދިފާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުއްގިރި މައްސަލައާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ އެ އަޑުއެހުމަކީ އެ މައްސަލައިގެ ހެކިބަސް ނެގުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ.

އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައި ވުމުން، ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން އެ ފައިލްގައިވާ ލިއުންތައް ބަލަން ބޭނުންވާކަމަށް ވިދާޅުވެ، އެ ލިޔުންތައް ފޯރުކޮށްދިނުމަށް ކޯޓުގައި ދަންނަވާފަ އެވެ.

އެ ލިޔެކިޔުންތަކަކީ ދިފާއު ބިނާކުރުމަށް މުހިންމު ލިޔެކިޔުންތަކެއްކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

އެއާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ގާނޫނީ ވަކީލުން ވަނީ ގުޅުންހުރި ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަން ވަޒަން ކުރަން ދިފާއަށް އެނގޭނީވެސް އެ ލިއުންތައް ލިބިގެން ކަމަށާއި، ވުމާއެކު، ފައިލް ލިބުމުން، ހެކިތަކާ ގުޅޭގޮތުން ދިފާއުން އިތުރު ކަންކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކްރިކް ރިޒާގެ ވަކީލުވެސް އެކަން ފާހަގަކުރެއްވި އެވެ. ކްރިކް ރިޒާގެ ވަކީލު ވިދާޅުވީ ފުއްގިރި މައްސަލައިގެ ތަހުގީގު ފައިލުތައް ހޯދުމަށް ޕީޖީ އޮފީހަށް ސިޓީއަކުން ހުށައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަން ގާނޫނީ ވަކީލުން ފާހަގަކުރެއްވި އެވެ.

ތަހުގީގު ފައިލު ހާމަކުރުމާއި ގުޅޭގޮތުން ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަށް ބަލާއިރު، ހެކި ހާމަ ކުރަން އެދޭ ޙާލަތުގައި ދައުލަތަށް އެ ޒިންމާ އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ގޮތުގައި ހުށައަޅާ ހުށައެޅުންތައް ކަމަށެވެ.

މިހާރު ޝަރީއަތުގެ ކުރީގެ މަރުޙަލާގައި ހިނގަން ޖެހޭ ކަމަކަށް ޝަރީއަތުގެ މަރުޙަލާގައި އަލުން ރުޖޫއަވެވެން ނޯންނާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކުރާ އުސޫލަކުން، ޤާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ޙައްޤުވެސް ލިބިދޭ ކަމަށެވެ.

އޭގެ ތެރޭގައި ތަހުގީީގީ އިދާރާތަކުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގްވެސް ހިމެނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މުޅި މައްސަލައިގެ ތަހުގީގު ފައިލްއާއި އެންމެހައި ލޮގްތައްވެސް ދިފާއަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެގޮތަށް ފަނޑިޔާރު އަމުރުކޮށްފިނަމަ ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ ނަދީމު ވިދާޅުވީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ބ ގެ ދަށުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާއަށް އެކަނި ޤައިދުވެފައިވާ ކަމެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ފަހުންވެސް އެ ފައިލް ބެލުމުގެ ޙައްޤު ލިބިދޭން ޖެހޭ ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަކީވެސް ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނު ފަހުން އައި ނިންމުމެއްކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދޫކުރުމަށް ނިންމަވައި، އެކަން ދައުލަތަށް އަންގަވާފައެވެ.

އެއާއެކު ގާޒީ ވަނީ ހެކިބަސް މައްސަލައިގެ ހެކިބަސް ނެގުންވެސް ފަސްކޮށްފަ އެވެ.

ގާޒީ ނަދީމު ވިދާޅުވީ މައްސަލައިގެ ހެކިބަސް ނަގާނީ ތަހުގީގު ފައިލުތައް ބަލައި ހެކިބަސް ނެގުމަށް ދިފާއުން ތައްޔާރުވުމަށް ފަހުގައި ކަމަށެވެ. އަދި ތަހުގީގު ފައިލުތައް ކޯޓަށް ގެނެސް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ