ޑިގްރީ ފެންވަރަށް ކިޔަވާ ނިމުނު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގެން ރައީސްގެ ކޮއްކޮ މޫސާ މުހައްމަދު ސޯލިހަށް ލިޔުން ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 May 2023 | 10:24
އިމާމް ކަމުގެ ޑިގްރީ ހާސިލް ކުރެއްވި ކޮއްކޮމެންނަށް ސަނަދު އެރުއްވީ ބޭބެ، ރައީސް ޞާލިހު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ރޭ ބާއްވާފައިވާއިރު އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. 

ރޭގެ ޖަލްސާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެ ޔުނިވަސިޓީން އިމާމު ކަމުގެ ޑިގްރީ ހާސިލްކުރި 78 އިމާމުން ވެސް ހިމެނެއެވެ. 

އަބްދުالله ޝާޒްލީ އަށް ރައީސް ޞާލިހު އިމާމް ކަމުގެ ސަނަދު އަރުއްވަނީ-- ފޮޓޯ/ ރައީސް އޮފީސް 

މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވާފައިވާއިރު، އެ އިމާމުންގެ ތެރޭގައި ރައީސް ޞާލިހުގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮއިން ހިމެނެއެވެ. އެއީ މޫސާ މުހައްމަދު ޞާލިހު (މޫސަބެ)އާއި، އަބްދުالله ޝާޒްލީ އާއި ހުސެއިން ޝަޔާޒް (ކުޑަ ހުސައިން)އެވެ.

ހުސެއިން ޝަޔާޒް (ކުޑަ ހުސައިން) އަށް ރައީސް ޞާލިހު އިމާމް ކަމުގެ ސަނަދު އަރުއްވަނީ-- ފޮޓޯ/ ރައީސް އޮފީސް 

މި ތިން ބޭފުޅުންނަކީވެސް ލޯފަން ބޭފުޅުންނެވެ. އަދި ތިން ބޭފުޅުންވެސްނަކީވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ. އަދި އިމާމު ކޯހުގެ އިތުރުން ގާރީ ކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންނެވެ.

އޭގެ ތެރެއިން މޫސައަކީ ހިންނަވަރުގައި ހުކުރު ކުރާ ހަމައެކަނި މިސްކިތް، މަސްޖިދުލް އަންސޯރުގެ އިމާމުވެސްމެއެވެ.

ރޭގެ ޖަލްސާގައި ރައީސް ޞާލިހުގެ ތިން ކޮއްކޮއަށްވެސް ސަނަދު ދެއްވައި ހިއްވަރު ދެއްވުމުގެ ބަސްކޮޅެއް، ބޭބެ، ރައީސް ޞާލިހު ވިދާޅުވާތަންވެސް ވީޑިއޯ އިން ފެނެއެވެ. އަދި ޖަލްސާއަށްފަހު ދަސްވެނިންނާއި އެކު ރައީސް ޞާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ފޮޓޯ ނަންގަވާފައިވާއިރު ކޮއްކޮމެންނާއި އެކުވެސް ވަނީ ފޮޓޯ ނަންގަވާފައެވެ. 

ރައީސް ޞާލިހު އާއި އިމާމް ކޯސް ފުރިހަމަ ކުރެއްވި 3 ކޮއްކޮ-- ފޮޓޯ/ ރައީސް އޮފީސް 

ރޭގަ ޖަލްސާގައި ރައީސް ޞާލިހުގެ ކޮއްކޮ ހިމެނޭހެން ގިނަ އިމާމުން ދަސްވެނިވެފައިވާއިރު، ޖަލްސާގައި އިމާމުންނަށް ހިތްވަރު ދެއްވައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވަނީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށާ އެއީ ހަފްތާގެ ހަތް ދުވަހުގެ މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް އެ މަސައްކަތަށް އޯވާޓައިމެއް ޗުއްޓީއެއް ނޯންނަ ކަމަށާ އިމާމުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް އަވަހަށް އިމާމުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިމާމުންގެ ޗުއްޓީއާ ގުޅޭ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެންނަނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮމެން އިމާމު ކަމުގެ ސަނަދު ހާސިލް ކުރެއްވުމުން އެ ބޭފުޅުންގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ. 

"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެ އިތުރުން މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ،" ޑިގްރީ ފެންވަރަށް ކިޔަވާ ނިމުނު އިމާމުންގެ ތެރޭގައި ރައީސްގެ ތިން ކޮއްކޮއެއް ހިމެނިވަޑައިގަންނަވާތީ އެކަަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހުގެ ބައްޕާފުޅު އެ ބޭފުޅުން ކުޑައިރު ނިޔާވެފައިވާއިރު، އެ ބޭފުޅުންގެ ޒިންމާ ނަންގަވައި، ބަލަދުވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ޞާލިހު ކަމަށް ކޮއްކޮ މޫސަ، ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފަ އެވެ. އެކަން، ރައީސް ޞާލިހުއާއި ތިމާގެ ބޭފުޅެއް ކަމަށްވާ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ކުރެއްްވި ފޭސްބުކް ޕޯސްޓެއްގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އަޅުގަނޑު
މޫސަ އާއި އެކު އިބޫގެ އިތުރު 2 ކޮއްކޮ ހަމަ އިމާމް ކޯހުން ރޭ ދަަސްވެނިވި. އެއީވެސް ލޯފަން 2 ބޭފުޅުން.
26 May 2023
ޞިލްލ
އެދެން އެވަރުކަމެއްތަ
26 May 2023
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.