މިނިސްޓަރ އަސްލަމް، ރައީސް ޞާލިހުގެ އަރިހުގައި ދަރަނބޫދޫގައި --
ހަބަރު
27 May 2023 | 22:36
ސިޔާސީ ވާދަވެރިކަމުގައި ނުބައި ނިންމުމެއް ނިއްމިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ: އަސްލަމް

ސިޔާސީ ވާދަވެރިކަމުގައި ނުބައި ގޮތަކަށް ނިންމުމެއް ނިއްމިއްޖެނަމަ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑުތަނުން ހުއްޓޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިހާރު ހިނގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަންނަން ބޭނުން ވާނީ ކިތައް ރައްޔިތުންބާއޭ ހިތަށް އަރާ ކަމަށާއި، ދަރުޚާރު ބަދަލު ވުމަކީ މަޝްރޫއުތައް ހުއްޓޭނެ ކަމެއްކަން މާޒީން އެނގޭ ކަމަށެވެ.

އޭގެ މިސާލަކަށް މިނިސްޓަރު ނެންގެވީ، ދަތުރުފަތުރުގެ ހިދުމަތެވެ. މީގެ ކުރީގެ ސަރުކާރެއްގައިވެސް ދަތުރުފަތުރުގެ ހިދުމަތް ފެށި ނަމަވެސް ސަރުކާރު ބަދަލު ވުމުން، އެ މަޝްއޫރު ތަރައްގީ ކުރުމުގެ ބަދަލުގައި މަޝްރޫއު ހުއްޓާލައި، މާލެއަށް އެންމެން ޖަމާ ކުރީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީނުކޮށް ކޮންމެ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން މިހާރު ރިޔާސީ އިންތިހާބާ ކައިރިވެގެން އަންނައިރު އަޅުގަނޑުމެންގެ ތެރޭގަ ބޮޑެތި ސިޔާސީ ހަމަނުޖެހުންތައް ހިނގައިގެން ގޮސް މި މަޝްރޫއުތަކަށް ބުރޫ އަރާނެ ޒާތުގެ ކަންތައްތައް ނުހިނގާނެ ކަމަށް. ކިތައްމެ ވަރަކަށް ތޯޅުނަސް ހެޔޮ، މަސައްކަތްތަކަށް ހުރަސް އެޅޭ ކަހަލަ ކަންކަން ކޮށްގެން ނުވާނެ" 

އަސްލަމް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅަކީ ފ. އަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ނިންމާ، ހިދުމަތްތައް އިފްތިތާހު ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.