ފޮޓޯ: އުރީދޫ
ވިޔަފާރި
28 May 2023 | 14:38
80% އާއި ހަމައަށް ޑިސްކައުންޓްތަކާއިއެކު މޫލީ "އެންމެ އަގު ހެޔޮ ސޭލް"!

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް، މޫލީ އިން މިއަދު މޫލީ "އެންމެ އަގު ހެޔޮ ސޭލް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، %80 އާއި ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫއިން މިކަމާއި ގުޅިގެން ނެރުން ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިއާއިއެކު ސޭލްގައި ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

31 ޖުލައި ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އައިފޯން، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީ ގެ އިތުރުން ވާވޭ ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެއެވެ.

ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެނިވަޑައިގަންނަވާއެވެ.

މި ސޭލަކީ ފޯނު، އެއަރޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ރަނުގެ ފުރުސަތެކެވެ.

މި ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީ އިން މަރުހަބާ ކިޔާ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު އުރީދޫއަށް ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތުވެސް ހުޅުވާލާފައި ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މިއާއިއެކު އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މޫލީ އަގު ހެޔޮ ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް 31 ޖުލައި ގެ ކުރިން https://mool.ee/enmeaguheyosale ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.