ރައީސް ޝާލިހު މަގޫދޫ ކައުންސިލާއި ބައްދަލުކުރުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 17:05
މަގޫދޫއިން ހުށައެޅި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

އެގޮތުގެ މަގޫދޫ ސުކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ޚާއްސަ ގޮތެއްގައި މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުފަ އެވެ. 

އަދި މަގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތް، ކުރިޔަށް އޮތްތަނުގައި އިސްކަންދޭ ރަށްރަށުގެ ލިސްޓުގައި ސަރުކާރުން މިހާރު ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ކުރިއަށް ގެންދެވުނު އެ ބައްދަލުވުމުގައި އެ ރަށު ކައުންސިލުން ވަނީ މަގޫދޫއަށް މި ސަރުކާރުން ތަރައްޤީއާ ގުޅުންހުރި އެތައް ކަމެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ކައުންސިލްތަކަށް ލިބޭ މާލީ ތަނަވަސްކަން އިތުރުކުރުމާއި، ކައުންސިލް އިދާރާގެ ޖާގަ ބޮޑުކޮށްދިނުމާއި، މަގޫދޫ ޞިއްޙީ މަރުކަޒުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުރި ދަތިތައް ޙައްލުކުރުމުގެ އިތުރުން، ރަށްގިރުމުގެ މައްސަލައާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ޞާލިހު ވިދާޅުވީ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރުންނާއި ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް ޙައްލުކޮށްދިނުމަށް އަވަސް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާއެކު ބޭއްވި މިބައްދަލުކުރެއްވުމަށްފަހު، ވަނީ މަގޫދޫ އެއަރޕޯޓު ތަރައްޤީކުރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

މަގޫދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައި ވާއިރު، އެ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރެއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމަފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.