ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 17:19
މަގޫދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށް ފެނަކަ އޮފީސް ހުޅުވައިދެއްވައިފި

ފ. މަގޫދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާޙުކޮށްދެއްވާ އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ހުޅުވައިދެއްވައިފި އެވެ. 

މަގޫދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާޙު ކުރައްވާފައިވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަގޫދުއަށް ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގަ އެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މަގޫދޫއަކީވެސް އެ ރައްޔިތުން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ނުހަނު ބޮޑަށް ބޭނުންވެފައި އޮތް ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. 

މަގޫދޫ ތަރައްޤީ ކުރުމަށްޓަކައި މަގޫދޫ ރައްޔިތުންނަކީ އަބަދުވެސް އެކުވެރިކަމާ އެކީގައި، އެއް ޢަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކުރާ ރައްޔިތެއް އުޅޭ ރަށެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ރައްޔިތުން އަބަދުވެސް ބޭނުންވަނީ ތަރައްގީ ކަމަށާއި، އަމިއްލަ މަސްލަހަތަށްވުރެ މަގޫދޫ ރައްޔިތުން އިސްކުރަނީ ތަރައްގީކަމަށް ރައީސް ވިދާޅުވި އެވެ. 

އެހެން ނަމަވެސް މިއަދާއި ހަމަޔަށް މަގޫދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނެތް ކަމަށާއި، ކަރަންޓުގެ ޚިދުމަތްވެސް އެކަށީގެންވާ ގޮތެއްގައި ނުލިބޭތާ ޒަމާންތަކެއް ވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރަށްތައް ތަރައްގީކުރާ ވާހަކަ މި ސަރުކާރުން ދައްކަނީ ކުދި ރަށްރަށުގައި ވެސް އުޅެނީ ދިވެހި ރައްޔިތުންކަމަށް ވާތީ ކަމަށެވެ. 

މީހެއްގެ ސިޔާސީ ވިސްނުން ވަކިގޮތެއްގައި ހުރުމަކީ އެމީހަކަށް ލިބެން ޖެހޭ އަސާސީ ޚިދުމަތްތަކުން މަހުރޫމުވާން ޖެހޭ ސަބަބެއް ނޫންކަމަށާއި، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެ ސިޔާސަތުގެ ދަށުންކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އަދި ވިދާޅުވީ މިހާރު މަގޫދޫ ވަނީ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރެވިފައިވާ ރަށަކަށް ވެގެން ގޮސްފައިކަމަށެވެ. މަގޫދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ ތަކުލީފުތަކަށް ޙައްލު ލިބިގެންދާނެ ކަމަށާއި، އެކަމަށްޓަކައި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މަގޫދޫގައި ކުރިއަށް ގެންދާ އިތުރު ބައެއް މަޝްރޫއުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އަދި ވިދާޅުވީ އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނިމި، މި ސަރުކާރުން ފަށާފައިވާ އެހެނިހެން މަޝްރޫއުތައް ނިމޭއިރު، ފ އަތޮޅުން ތަރައްގީގެ އިންގިލާބީ ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.