ރައީސް ޞާލިހު މަގޫދޫގެ އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 23:40
މަގޫދޫ އެއާޕޯޓު ވާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް

ފ. އަތޮޅު މަގޫދޫ ނިމޭއިރު ވެގެންދާނީ ދިވެހިރާއްޖޭގައި އޮތް އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ދެކަނބަލުން ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެރަށު މަގޫދޫއަށް ވަޑައިގެން މަގޫދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާ އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފަށައިގަތީ 1200 މީޓަރުގެ ދިގު އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއަރޕޯޓަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި، ފ. އަތޮޅުގައި ހުރި ފެންވަރު ރަނގަޅު ރިސޯޓުތަކަށް ޕްރައިވެޓް ޖެޓު ޖެއްސޭވަރުގެ އެއާޕޯޓަކަށް އެ އެއާޕޯޓު ވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ އެ އަންނަ ޖެޓްތައް މި ތަނުގައި ޕާކް ކުރެވޭނެ އިތުރު ޕަރކިންގ ސަރަޙައްދަކާއި، ވީ.އައި.ޕީ. ޓަރމިނަލެއް އެ އެއާޕޯޓުގައި ޤާއިމްކުރާނެ ކަމަށެވެ. އަދި ދެވަނަ ތަނަކަށް ނުގޮސް މަގޫދޫ އެއާޕޯޓަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލްފާމެއް އެއާޕޯޓު ނިމިގެންދާއިރު ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު ހިތުން މި އެއަރޕޯޓް ނިމިގެންދާއިރުގައި، ރާއްޖޭގައި އޮތް ރީޖަނަލް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއަރޕޯޓަށް މި އެއަރޕޯޓް ވެގެންދާނެ. އަދި އޭގެއިތުރުން، ޖެޓްތަކުގައި އަންނަ ފަޅުވެރިން، ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް، މި ރަށުގައި އެއަރޕޯޓާ އެކީގައި ޤާއިމުކުރުމަށްވެސް އަޅުގަނޑުމެން ވަނީ ނިންމާފައި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިމި، އެއާޕޯޓުން ޚިދުމަތްދޭން ފެށުމާއެކު އެ އަތޮޅުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަ ށެވެ. އަދި ރަށުގެ ތަރައްގީއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އެއާޕޯޓުގެ ސަބަބުން ލިބިގެންދާނެކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.