ރައީސް ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 23:39
މަސް ގަނޑުކުރެވޭ ކެޕޭސިޓީ 80 އިން 500 މެޓްރިކް ޓަނަށް އިތުރުކުރެވިއްޖެ: ރައީސް ޞާލިހު

މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީ 80 މެޓްރިކް ޓަނުން 500 މެޓްރިކް ޓަނަށް ބަދަލުކުރެވިފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ފ. ފީއަލީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި، އޮފީސް އިމާރާތާއި އައިސް ޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ ވަރަށް ގިން ކަންތައްތަކަށް ރައީސުލްޖުމްޙޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ދޫކޮށްލާފައިވާ ސިނާއަތެއްކަމަށެވެ. މިސްފޯގައި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް ބަލާލިނަމަވެސް އެކަން ފާހަގަކުރެވޭކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު މިފްކޯއަށް މަސްކިރޭ ކެޕޭސިޓީ ކުރީ 1727 މެޓްރިކް ޓަނުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު މިފްކޯގެ ގާބިލުކަން 5027 މެޓްރިކް ޓަނު ކިރޭވަރަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އަލަށް ގެނައި ޖަޒީރާ 103 ނަންބަރު ބޯޓާއެކު މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

"މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީއަށް ބަލާއިރުގައިވެސް، އޭރު ހުރީ އެންމެ 80 މެޓްރިކް ޓަނުގެ ކެޕޭސިޓީ އުޅަނދުފަހަރުގައި. ޖަޒީރާ 103، "ވަން ޒީރޯ ތްރީ" ނެރުމާ އެކީގައި، މަސައްކަތަށް ނެރުމާ އެކީގައި މި ކެޕޭސިޓީ 500 މެޓްރިކް ޓަނަށް ބަދަލުކުރެވިއްޖެ. އަދި ކުރިއަށް އެބައޮތް ތިން ބޯޓު ގެނައުން. އެއާއެކީގައި، މި ކެޕޭސިޓީވެސް ބޮޑުތަނުން އިތުރުވެގެންދާނެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ އަތުން ކިރާ މަހަށް 3.58 މިލިއަން ރުފިޔާގެ މަސް ސަރުކާރަށް ކިރާފައިވާކަމަ ށެވެ. 

މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.