ކްރިމިނަލް ކޯޓު-- ފޮޓޯ/ ދިޔަރެސް
ހަބަރު
29 May 2023 | 14:48
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ފާއިތުވި އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ އަކީ އެގޭގައި އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓް ކުރުމުން ފުލުހުން ގޮސް ބެލުމުންނެވެ. 

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ މާލެއިން ހައްޔަރުކުރީ މަނަދޫގެ ޒުވާނެއް ކަމަށްވާ ހަސަން ފަވާޒް، 21 އެވެ. ނައީމާ މަރާލި އިރު އެ ރަށުގައި އުޅުނު ނަމަވެސް ފަހުން އޭނާ އުޅެމުންއައީ މާލޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. 

ނައީމާގެ މަރުގެ ތުހުމަތަށް މަނަދޫން ވެސް ވަނީ ދެމީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުން ކަމަށްވެއެވެ.

ދެމީހުންގެ ތެރެއިން އެކަކު ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާއިރު، ފުލުހުން އޭނާ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ނަމަވެސް އޭނާއަށް ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނީ ކޯޓުގަ އެވެ.

ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިންވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނުމަށްފަހު އެ ވަޅުގަނޑަށް އަޅާ އަންދާލައި، ފަސްއަޅާ ފޮރުވާފައިވަނިކޮށް، ފުލުހުން ވަނީ ކޮނެގެން އެތަކެތި ނަގާފައެވެ.

އެމައްސަލައާއި ގުޅުން ހުރި ކާރެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު, އެއޫ ނައީމާ މަރާލި ރޭ އެ ރަށުގައި ދުއްވި ކާރެކެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި އެ ކާރުގައި ފުލުހުން އެ ރޭގެ ބައެއް މަންޒަރުތައް ތަހުގީގުގެ ބޭނުމަށް ވަނީ ކުޅުވައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.