ނަސީބުވެރިޔާ މުސްއަބް މުނީރު—-ފޮޓޯ: އުރީދޫ
ވިޔަފާރި
30 May 2023 | 18:31
އެމް-ފައިސާ މެދުވެރިކޮށް ސްކޫޕީއެއް ލިބުނު ނަސީބުވެރިޔާއަށް އުރީދޫއިން ސައިކަލް ހަވާލުކޮށްފި!

މާލެ، ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޕެޓްރޯލް ޝެޑްތަކަށް އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު މިއަދު ހަވާލުކޮށްފިއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި މި ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލްހަމާދީ އާއި އެފްއެސްއެމްގެ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.

މިކަމާއި ގުޅިގެން އުރީދޫއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އުރީދޫ އާއި އެފްއެސްއެމް ގުޅިގެން ގްރޭޓަރ މާލެ ސަރައްހުދުގައި ބެހެއްޓިފައި ހުރި އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ.

"ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބި، އެފް.އެސް.އެމްގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެފް.އެސް.އެމް އާއި އެކު ވެވުނު މި ޕަރޓްނަރޝިޕ އާއި އެކު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެހީތެރިވެދޭ. ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި ވިސްނުމާ އެއްގޮތައް އެމް-ފައިސާ ހިދުމަތް އެފްއެސްއެމްގައި ގާއިމުކޮށްދެއްވި ކަމަށްޓަކައި ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެޔާ އެކު އަޅުގަނޑުމެންގް ޕްރޮމޯޝަން ގެ ނަސީބުވެރި ފަރާތަށް ސްކޫޕީ ސައިކަލް ހަދިޔާ ކޮށްދެއްވި ކިންގްސްޓަން މޯލްޑިވްސް ގެ މެނޭޖްމަންޓަށްވެސް ހާއްސް ޝުކުރެއް​ދަންނަވަން" 

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ

ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއިއެކު ފައިސާ ދައްކާލެވޭއިރު, ފަސޭހަ އަދި ރައްކާތެރި މި ހިދުމަތުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ އިތުބާރު ހިފޭ ހައްލުތައް ހޯދައިދިނުން ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

"އެފްއެސްއެމްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް. އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ފަސޭހަވެގެންދިޔައީ ހަމައެކަނި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަނި އެއްނޫން އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް، ޕޭމަންޓް މޮނީޓަރކޮށް ބެލެހެއްޓުމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އެހެން ސަރަޙައްދުތަކަށް ފުޅާކޮށް، ފަސޭހަކަމާއި ރައްކާތެރި ކަމާއެކު ފައިސާ ދެއްކުމުގެ ފައިދާ އިތުރު ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ އާއި އެކު މަސައްކަތްކުރާނަން."

ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫއިން ވަނީ މަރުހަބާ ކިޔާފައެވެ.

އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.