ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ- ވޮއިސް
ހަބަރު
30 May 2023 | 18:56
ރައީސް ޔާމީންގެ ސިއްޙީ ހާލު ތަން ނުދޭތީ އަޑުއެހުންތައް ކުރުކޮށް ގެންގޮސްދިނުމަށް އެދިވަޑައިގެންފި!

ސިއްޙީ ހާލުކޮޅު ތަން ނުދޭތީ، ދަށު ކޯޓުގައި ކުރިއަށް ދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ނުދާނެފަދަ ގޮތަކަށް ކުރިއަށް ގެންގޮސްދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.

ފުއްގިރި މައްސަލައާއި ގުޅިގެން މިއަދުވެސް ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. ދެ ގަޑިއިރަށްވުރެ ދިގުކޮށް ކުރިއަށް ގެންދިޔަ އެ އަޑިއެހުމުގައި އޮތީ ދައުވާ ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައެޅި ހެކިތަކާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.

ދެ ގަޑިއިރަށް ޝަރީއަތް ދިގުލައިގެން ދިއުމާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ޝަރީއަތުގެ އަޑުއެހުންނަށް ދިގުލައިގެން ދާތީ ވަރަށް ބޮޑަށް ދަތިފުޅުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނަކީ އުނަގަޑުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅަކަށް ވުމުން، އެއްތަނެއްގައި ގިނައިރު އިށީދެގެން އިނުމުގެ ސަބަބުން ވަރަށް ބޮޑަށް އުނަގަޑުގައި ރިއްސާކަމަށާއި، ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާއިރު، އެމަނިކުފާނަށް ތަކުލީފަކަށް ނުވާނެފަދަ ގޮތަކަށް ރާވާދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން މެޑިކަލް ޑޮކިއުމަންޓުތަކާއި، ޑޮކްޓަރުގެ ލަފާފުޅު ކްރިމިނަލް ކޯޓާއި ހިއްސާ ވެސް ކުރައްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަލު ބަންދުގައި ހުންނަވާ މުއްދަތުގައި އެކަމަށް އެކަށީގެންވާ ފަރުވާއެއްވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެމަނިކުފާނަކީ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅަކަށްވުމުން، އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކާއި ޚިލާފަށް، ލިބޭ 15 ނުވަތަ 10 މިނެޓުގެ ހުސްވަގުތުކޮޅުގައި ވެސް އެމަނިކުފާނަށް ބޭރަށް ނިކުމެމަޑައި ނުގެންނެވޭ ކަމަށާއި، އެކަމުގެ ސަބަބުން އުނަގަނޑުގެ އާލާސްކަންފުޅު ބޮޑުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެކަމަށް ރިއާޔަތްކޮށްދެއްވާ ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ނުދާނެގޮތަކަށް ތާވަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ޚާއްސަކޮށް ފުއްގިރި މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ނުވުމުން، އެމަނިކުފާނަށް ތަކުލީފަކަށް ވާގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ވެސް ނެތްކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުން ވެސް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅި ކަންކަމަށް ރިއާޔަތްކޮށް ނިންމާލުމަށް ކަނޑައަޅާފައިވާ ވަގުތަށްވުރެ ބައިގަޑިއިރެއްހާއިރު ކުރިން ކުރުކޮށްލައްވާފަ އެވެ.

އަދި ދެން އެ މައްސަލައިގައި އަޑުއެހުމެއް އޮންނާނެ ދުވަހެއް ކްރިމިނަލް ކޯޓުން އަންގާނެކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.