ގްރެފިކްސް: ޕޮލިސް
ހަބަރު
01 Jun 2023 | 16:02
ފުލުހުން ބޭނުންކުރާ ސްޕީޑް ގަން އިން އުޅަނދުތަކުގެ ސްޕީޑް ދެނެގަންނަ ގޮތް

ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަން އިން އުޅަނދު ތަކުގެ ސްޕީޑް ދެނެގަންނަ ގޮތާއި އެއާއި ބެހޭ ގިނަ މައުލޫމާތު ތަކެއް އެ އިދާރާއިން ދީފިއެވެ. 

ގްރޭޓަރ މާލޭ އޭރިއާގައިވާ ބްރިޖް އަދި ހައިވޭގައި ދުއްވުމަށް ކަނޑައަޅާ ހުއްދަ ދުވެއްޔަކީ 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާ ދެމެދެވެ. ލާމު ލިންކު އަދި އައްޑޫސިޓީ ލިންކު ރޯޑުގައި 60 ކިލޯމީޓަރާ ހަމައަށް ދުއްވޭ ހިސާބުތައް ކަނޑައަޅާފައިވެއެވެ. ވަކި ދުވެއްޔެއް ކަނޑައަޅާފައި ނުވާނަމަ އާންމުކޮށް ރަށު ތެރޭގައި ސައިކަލާއި ކާރު އަދި ބަސް ދުއްވުމަށް ކަނޑައަޅާފައި ވަނީ 30 ކިލޯމީޓަރަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ ހުރިހާ އުޅަނދެއް ދުއްވުމަށް ކަނޑައަޅާފައި ވަނީ 25 ކިލޯމީޓަރަށެވެ. މި ދެންވުނު ސްޕީޑަށް އާންމު ރައްޔިތުން އަމަލު ކުރަމުންދޭތޯ ބެލުމަށް ދިވެހި ފުލުހުން ބޭނުން ކުރަމުންދާ އެއް ވަސީލަތަކީ ސްޕީޑް ގަންއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަންތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސްޕީޑް ގަން ކަމަށް އެ އީދާރާއިން ބުނެއެވެ. މި ސްޕީޑް ގަންއަށް 1.5 ކިލޯމީޓަރުގެ ދުރުން އުޅަނދުގެ ސްޕީޑް ދެނެގަނެވޭއިރު، އުޅަނދެއް ދުއްވާފައި އަންނައިރު އެ އުޅަނދަކަށް ލޭޒަރ އެޅުވުމުން އެ އުޅަނދު ދުއްވާފައި އަންނަ ސްޕީޑް ކެމެރާއަށް ރެކޯޑު ކުރެއެވެ. މިގޮތުން ރެކޯޑު ކުރަނީ އެ އުޅަނދުގެ ފޮޓޯ އަކާއި އެ އުޅަނދުގެ ވީޑިއޯ ކޮޅެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ޚިދުމަތުން ސްޕީޑް ގަން ބޭނުން ކުރަމުންދަނީ ދުވެއްޔާ ހިލާފުވާ މީހުން ދެނެގަނެ ސްޕީޑުގެ ސަބަބުން އޮތް ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައި ކަމަށާ، އަމާޒަކީ މަގުމަތީގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ހެދުން ކަމަށެވެ. 

އަދި އެކަމަށްޓަކައި ގަވާއިދާއި ޚިލާފަށް ދުއްޗާ ފަރާތްތަކާއި މެދު އެ އިދާރާއިން ފިޔަވަޅު އަންނަ ގޮތުގެ ތަފްސީލް ވެސް ވަނީ ދީފައެެވެ.

އެގޮތުން، ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފުވާ ކަމަށް ފާހަގަ ކުރެވޭ އުޅަނދުތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އެކަން ތަކުރާރު ކޮށްފިނަމަ ވާނެގޮތް ބުނެދެވޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ދުވެއްޔާ ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑި އިރަށް އެ މީހެއްގެ ދުއްވުމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށެވެ. 

ފުލުހުން ބުނީ، މި ހުއްދަ ދޫކުރެވޭނީ ފައިސާދެއްކި ކަމުގައި ވިޔަސް 48 ގަޑި އިރު ހަމަވުމުން ކަމަށާ، ކަނޑައެޅިފައިވާ ދުވެއްޔާ ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ މީހަކު ދުއްވި އުޅަނދު 15 ދުވަހުގެ މުއްދަތަށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށެވެ. އަދި މި އުޅަނދު ދޫކުރެވޭނީ 15 ދުވަސް ހަމަވުމުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.