ރައީސްގެ މޮޓޯކޭޑަށް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ހުރަސްއަޅަނީ. ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2023 | 16:31
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަަލައިގައި ފަސްމީހަކަށް ދަޢުވާ ކުރަނީ

ރައީސް އިބްެރާޙިމް މުޙައްމަދު ޞާލިޙް ދަތުރުފުޅު ކުރައްވަމުން ދިޔަ މޮޓޯޑޭކޭޑަށް ހުރަސް އެޅި މައްސަލައިގައި ފަސްމީހަކަށް ދަޢުވާ ކުރުމަށް ފޮނުވައިފިއެވެ.

ޕްރޮސްކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިއަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ، ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި އަޑުގަދަކޮށް، ޢާންމު މަސްލަޙަތު ނަގައިލައި ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުޅުމާލެ، ގޯތި ނަންބަރު 11328 މުޙައްމަދު އައްބާސް، ދަފްތަރު ނަންބަރު ރސ 9151 އަޙްމަދު ރަޝީދު، ހުޅުމާލެ، ފްލެޓް ނަންބަރު06-2-154 އަޙްމަދު ޢަޒީލް ގެ މައްޗަށް ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް 31 މެއިގައި ފޮނުވައިފައިވާކަމަށެވެ.

އަދި ގއ ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާން އާއި، ށ ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާާއްދާގެ ދަށުން ޢާންމު މަސްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަކަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ 16 މެއި ގައި ކްރިމިނަލް ކޯޓަށް ހުށައަޅައިފައި ވާކަމަށެވެ.

ރައީސް ޞާލިޙުގެ މޮޓޯކޭޑަށް ހުރަސްއަޅައިފައިވަނީ ހުޅުމާލޭގައި އޮތް ޖަލްސާއެއް ނިންމަވައި ރައީސް ޞާލިޙް ގެކޮޅަށް ވަޑައިގަންނަވަނިކޮށެވެ.

އެމައްސަލާގައި ރައީސްގެ ސެކިޔުރިޓީ ފެއިލްވި ކަމަށް ބުނެ، ޕްރްޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަަރަކަށް ހުންނެވި ޢަބްދުﷲ އިބްރާހިމް ވަނީ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ. ނަަމަވެސް ފަހުން އޭނާގެ އިހުމާލެއް ނެތް ކަމަށް ނިންމައި އޭނާގެ ސަސްޕެންޝަން ވަނީ އުވައިލައިފަައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.