ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Jun 2023 | 10:23
އުކުޅަހު ބަނގުރަލުގެ މައްސަލަތައް އާންމުވުން ހުއްޓުވުމަށް އެދި ރައްޔިތުންގެ ޕެޓިޝަނެއް ރައީސް ޞާލިހަށް!

އއ. އުކުޅަހުގައި ބަނގުރަލާއި މަސްތުވާތަކެތި އާންމުވަމުންދާ ދިޔުން ހުއްޓުވައި ދެއްވުމަށް އެދި އެރަށުގެ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހަޅައިފިއެވެ. 

ދުނިޔޭގެ ތިމާވެށީގެ ދުވަސް ގައުމީ ފެންވަރުގައި އުކުޅަހުގައި ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިހު ވަނީ އިއްޔެ އެރަށަށް ވަޑައިގެންފައިވާއިރު މި ޕެޓިޝަން އެމަނިކުފާނާއި ހަވާލުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޕެޓިޝަން އެކުލަވައި ލުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް "ވޮއިސް" އަށް މައުލޫމާތު ދީފައިވެއެވެ. 

އުކުޅަހު ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނުގައި ބުނީ، އިސްލާމީ ޝަރީޢަތާއި އަދި ރާއްޖޭގެ ގާނޫނާއި ޚިލާފަށް އުކުޅަހުގައި މަސްތުވާތަކެތި ވީޔަފާރިކޮށް، އަތި އެތަކެތީގެ ބޭނުން ކުރަމުންދާ މީހުންވެސް އިތުރުވަމުންދާ ކަމަށެވެ. އަދި މިއީ އެރަށު ރައްޔިތުންގެ ހުރި ނުހަނު ކަންބޮޑުވުމެއް ކަންވެސް ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުންވެސް އެކަމުގެ ސަބަބުން ރަށުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލި، ރައްޔިތުންނާއި، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ގެއްލި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އެކަމުގެ ނުރައްކާ ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި ހަމައެހެންމެ، މަޑުމަޑުން ރަށުގެ ސުކޫލު ކުދިންނާއި އާއިލާތަކަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު ފޯރަމުންދާ ކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ. 

އެހެންކަމުން، އުކުޅަހުގެ ރައްޔިތުންނަކީ ބަނގުރަލާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެފަދަ ކަންކަން ހުއްޓުވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސް ޞާލިހުގެ އަރިހުން ވަނީ އެދިފައެވެ. 

އުކުޅަހުން "ވޮއިސް" އަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވާއި ގޮތުގައި މި ޕެޓިޝަނުގައި އެ ރަށުގެ 300 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. 

އުކުޅަހު ރައްޔިތުންގެ ފަރާތުން މިފަދަ ޕެޓިޝަނެއް ހުށަހަޅާފައި މިވަނީ އެ ރަށު ބަނދަރުގައި އޮތް ސަފާރީއަކުން ބަނގުރާ ރަށަށް ވިއްކާ ކަމަށް ބުނެ ރައްޔިތުން އެ މައްސަލަ ކައުންސިލަށް ހުށަހަޅައި ރަށުގެ ކައުންސިލް އިދާރާ ބަންދުވެސް ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. 

އެކަމާއި ގުޅިގެން ކައުންސިލްގެ އެދުމުގެ މަތިން ސަފާރީ ބަނދަރުން ނެރެން ކޯޓުން އަމުރެއް ވެސް ނެރުނެވެ. އެއާއެކު ސަފާރީ ބަނދަރުން ނެރުނު ނަމަވެސް މިދިޔަ ހަފްތާގައި އަނެއްކާވެސް އުކުޅަސް އިހްތިސާސް އަށް އެ ސަފާރީ ވަނުމުން ރަށު ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.