ރައީސް ޔާމީންގެ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު-- ފޮޓޯ/ ވޮއިސް
ހަބަރު
08 Jun 2023 | 10:25
ދައުލަތުގެ ވަކީލުންނާ ރައީސް ޔާމީން ދިމައެއް ނުކުރައްވާ؛ ކުރެއްވީ ސަމާސާއެއް: ޑރ.ޖަމީލް

‏ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މެދު ކަނޑާލި ވަގުތު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ވަކީލުންނާ ކޮށްލެއްވީ ސަމާސާއެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

އިއްޔެ ހައިކޯޓުގައި އޮތް އަޑުއެހުން މެދު ކަނޑާލި ވަގުތު، ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާލަށް ދިމާކުރެއްވި ކަމަށް ޕީޖީގެ އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގޮތުން އެ ނޫހުގައި ޕީޖީ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނެ، ލިޔެފައިވަނީ, ދައުލަތުގެ ވަކީލުންނާ ދިމާލަށް ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން "ސެންސް މޭކެއް ނުކުރޭ" ކަމަށްވެސް ވިދާޅުވި ކަމަށް ބުނެފައިވެއެވެ. 

އެވާހަކަތަކަށް ރައްދު ދެއްވައި، ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވަކީލުންނާއި ރައީސް ޔާމީން ދިމާ ކުރެއްވި ކަމަށް ބުނެފައިވާ ވާހަކަ ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވީ، އެއީ އެމަނިކުފާނު ކޮށްލެއްވި ސަމާސާއެއް ކަމަށެވެ. 

"ދަޢުވާތަކަކީ ޖަހާ ސަކަރާތެއް! ނޫސްތަކަށް އެވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއް!" ޑރ. ޖަމީލް ވިދާޅުވި އެވެ. 

ޖަމީލް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރޭވުމެއްގެ ދަށުން ރައީސް ޔާމީނަށާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާކުރައްވާ ކަމަށާ، އެކަން ސިއްރު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.