ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން-- ފޮޓޯ/ މަޖިލިސް
ހަބަރު
10 Jun 2023 | 12:20
މަޖިލީހުގެ ރިޔާސަތަކީ ވަކި މީހެއްގެ ތަރިކަ އެއް ނޫން: ސައުދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ވަކި މީހެއްގެ ތަރިކައެއް ނޫން ކަމަށް ބުނެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، ނާއިބު ރައީސް އީވާ އަބްދުالله އަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. 

"އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ"ގެ ބައިވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ މަޖިލީސް ކުރިއަށް ނުގެންދެވޭނެ ހެން ޑެޑްލޮކް, މަރުތަޅު އަޅުވާ މަޖިލީސް ހުއްޓުމަކަށް ގެނެސްފައި އޮތީ ސަރުކާރުން ކަމަށާ އެއީ ރޭވުންތެރިކަމާއެކު ގަސްތުގައި ކުރިމަތި ކޮށްފައި އޮތް ހާލަތެއް ކަމަށް ވިދާޅުވެފަ އެވެ. 

"މަޖިލީހުގެ ގަވާއިދުގަ ޖާގައެއް ނުދޭ ޑެޕިއުޓީ ސްޕީކާގެ ސްޕީކާގެ މޯޝަން އޮއްވައެއް ދެން މަަޖިލީސް ކުރިއަށް ދިއުމުގެ. އެއަކު ސްޕީކާ [ރައީސް ނަޝީދު] ކުރައްވާނެ ކަމެއް ނެތް، އަޅުގަނޑު ކުރާނެ ކަމެއް ނެތް، ނިއުޝާ [މަޖިލީހުގެ އަމީން އާންމު] ކުރައްވާނެ ކަމެއް ފިލްޒާ [ކަައުންސެލާ ޖެނެރަލް] ކުރައްވާނެ ކަމެއް،"

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްތުގައޭ ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވާ...މާދަމާގެ ފަހަށް ދެން އޮތީ ތިން މަސް.. ގަސްތުގައި ވިސްނައިގެން އެނގި ހުރެގެންނޭ ޕާލިމަންޓް އެ ޑެޑްލޮކަކަށް ގެންދިޔައީ،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްއަށް ނުބެލެހެއްޓޭނެ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ޤާނޫނީ އިޖުރާއަތުތައް މަޖިލީހުގެ ޤަވާއިދުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"މަޖިލީހުގެ ރިޔާސަތަކީ ވަކި މީހެއްގެ ތަރިކައެއްނޫން." ސައުދު ވިދާޅުވި އެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އަދި ގަލޮޅު އުތުރު މެންބަރު އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފަ އެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އެކުއެކީ މަގާމުން ވަކިކުރުމަކީވެސް އުނދަގޫ ކަމެކެވެ. އެހެނީ، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައެޅިއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ނަމަ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ.

މިހާލަތުގައި މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮތް ކަމަށް ސަރުކާރާއި ދެކޮޅު ބައެއް ފަރާތްތަކުން ވިދާޅުވާއިރު، އެ ހާލަތުގައި ކަން ކުރަންވީގޮތް، މަޖިލީހުގެ ގަވާދުގައިވާ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.