ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ ވޮއިސް
10 Jun 2023 | 13:30
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 900 ދުވަސް: އަބްދުއްރަހީމް ހާމަކުރެއްވީ އެމަނިކުފާނަށް "އަނިޔާކުރާ" ސަބަބުތައް

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޫ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޖަލަށް ލައިގެން، އަދުގެ ސަރުކާރުން އެމަނިކުފާނަށް "އަނިޔާކުރާ" ސަބަބުތައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ހާމަކުރައްވައިފިއެވެ. 

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމް އެމަނިކުފާނު މިހާރު ގެންދަވަނީ ތަންފީޒް ކުރައްވަމުންނެވެ. އެގޮތުން ޖަލުގައި ހުންނަވާތާ މިއަދަށް 900 ދުވަސް ހަމަވާނެއެވެ. 

އެކަމާއި ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށެވެ. އަދި އެފަދަ ހުކުމެއް ކުރައްވާފައިވަނީ އެތަކެއް ސަބަބުތަކާއި ހުރެ ކަން ފާހަގަކުރައްވައި އަދުރޭ ވަނީ އެކަންކަން ހާމަކުރައްވާފައެވެ. 

"ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާކުރަމުން ގެންދަނީ މި ރާއްޖޭގައި ދީނީ މިނިވަންކަންދީ، ރާއްޖޭގެ މިނިވަންކަން ނަގައިލާ، ދައުލަތުގެ ޚަޒާނާ ދަވާލާ، ރާއްޖޭގެ ބިން ބިމާ ކަނޑު ވިއްކާ ހިންގަމުން ގެންދާ ޖަރީމާތަކުގެ ހަގީގަތް ރައީސް ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަން ރައީސް ޞާލިހަށް ކަށަވަރުވާތީ އެކަން ހުއްޓުވަން." އަދުރޭ ވިދާޅުވިއެެވެ. 

އަދުރޭ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރިނަމަވެސް، ރައީސް ޔާމީން އަށް ހުރަސް އަޅައި އެމަނިކުފާނުގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. އާދި މާތްاللہގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޔާމީނުގެ އެބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން" އަދުރޭ ވިދާޅުވިއެެވެ. 

އާރަށު މައްސަލައިގައި ރައީސް ޖަލު ހުކުމް ތަންފީޒް ކުރައްވަމުންދާއިރު އެ މައްސަލައިގެ އިސްތިއުނާފު އިސްތިއުނާފް އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.

މި މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ނިމިއްޖެކަމަށް ވާނަމަ، ޖަލުން މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތާއި ގުޅިވަޑައިގެންނެވޭނެ އެވެ. އަދި އެއީ ރިޔާސީ އިންތިޚާބަށް ތައްޔާރުވެ، ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމަނިކުފާނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތަކަށް ވެގެންދާނެ އެވެ. 

އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި، ހައި ކޯޓު މަރުހަލާއިން ރައީސް ޔާމިން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.