ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު/ ފޮޓޯ: ސަން
ހަބަރު
11 Jun 2023 | 18:24
ރައީސް ޔާމީން ރައްޔިތުންނަށް ފެންނަން ބޭނުންވީ ކަންކަން ނިންމަވާ ލީޑަރެއްގެ ގޮތުގައި: ޑރ ޖަމީލު

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ރައްޔިތުންނަށް ފެންނަން ބޭނުންވީ ކަންކަން ނިންމަވާ ލީޑަރެއްގެ ގޮތުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 900 ދުވަސް ފުރުމާއި ގުޅިގެން ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ޖަމީލުގެ ވާހަކައިގައި ވަނީ އެމްޑީޕީގެ ދެ ރައީސުންނާއި ރައީސް ޔާމިނާއި ހުރި ތަފާތުތަކަށް އަލިއަޅުވާލައްވާފަ އެވެ. 

"މިސާލަކަށް ކުއްލިއަކަށް އެދާގޮތަށް ގޮސް މޫދަށްވެސް ފައިބައިވަޑައިގަންނަވާނެ. އެއީ ރައީސް ނަޝީދު، އެމަނިކުފާނަށް އިޚްތިރާމް"

ކުރީގެ ނައިބުރައީސް ޑރ ޖަމީލު 

މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޞާލިހަކީ ވެސް ތަފާތުގޮތަކަށް ރައްޔިތުންގެ ކުރިމަތީ އެމަނިކުފާނުގެ މަގުބޫލުކަން ދަމަހައްޓަން ބޭނުންވާ ރައީސެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އިބްރާހިމް މުޙައްމަދު ޞާލިހުގެ މިޒާޖުގައި މި ހުންނަވަނީ ވެސް ވަރަށް ބޮޑަށް ޕޮލިޝްކޮށްގެން ދެއްކުމުގެ މަސައްކަތްތަކެއް ވަށައިގެން ތިބި ހުރިހާ ބޭފުޅުން މި ކުރައްވަނީ. އެހެންވީމަ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެކި ކަހަލަ ޕޯސްތަކުގައި ފޮޓޯ ނަގައިގެން.. ބައެއް ފޮޓޯތައް ބެލީމައި އެބަ އިނގޭ، ފޮޓޯތަކުން މަސައްކަތް ކުރައްވަނީ ވާހަކައެއް ބުނެދޭންކަން. މިސާލަކަށް މިއީ އޮބާމާއޭ" 

ކުރީގެ ނައިބުރައީސް ޑރ ޖަމީލު 

އެކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނުގެ ކިބައިގައި އެފަދަ ސިފަތަކެއް ނުހުންނަކަމަށެވެ. 

އެގޮތުން އެމަނިކުފާނު މާގިނައިން ފޮޓޯ ނަންގަވާ ނަހައްދަވާ ކަމަށާއި، އަދި އެމަނިކުފާނަކީ ހަމަ ހުންނަވާ ޕަބްލިކްގެ ތެރެއަށް ވަދެ ކޮންމެ ކޮންމެ ކަމެއް ވެސް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ ސަމާލުކަން އެމަނިކުފާނު ހޯއްދަވަނީ، އަދި އެމަނިކުފާނު ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ވެވަޑައިގަންވާ ގޮތަކީ ވައުދުތައް ފުއްދަވައި ދެއްވައިގެން ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކޮށްދެއްވައިގެން މަގުބޫލުކަން ހޯއްދަވަން ބޭނުންފުޅުވެލައްވާ ލީޑަރެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އެމަނިކުފާނު މާގިނަ ފޮޓޯތަކެއް އަނެއްހެން ނަންގަވަން މަސައްކަތެއް ނުކުރައްވާ. ނޫނިއްޔާ އެ ދާގޮތަށް ގޮސްލާފަ ހޮޓަލަކަށް ވަދެ މަސްބުރި ރިހައެއްޗެއްގެ ދެރެއަށް އަތް ބާނާފަ އެހެން ނުއެއް ހައްދަވާ. ނުވަތަ އެ ވަޑައިގަންނަވާ ގޮތަށް ވަޑައިގެން މޫދަށް ޖަމްޕެއް ވެސް ނުޖައްސަވާ. އެއާއި ޚިލާފަށް އެމަނިކުފާނު ކުރައްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެއްވި ހަގީގަތުގައި ލައިފް ބަދަލުކޮށްލުމަށް ރައްޔިތުންގެ.  

ކުރީގެ ނައިބުރައީސް ޑރ ޖަމީލު 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ކަމަށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލާއި ހިޔާ ޓަވަރުތަކަކީ ސިއްހީ ނިޒާމާއި ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކެއް ކަމަށާއި، ރައްޔިތުންގެ މެދުގައި އެމަނިކުފާނު މަގުބޫލުކަން ހޯއްދެވީ އެފަދަ މަޝްރޫއުތައް ހިންގަވައިގެން ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.