ރައީސް ޔާމީން/ ފޮޓޯ: އިންޓަނެޓް
ހަބަރު
11 Jun 2023 | 21:09
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމަށް މާދަމާ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ. 

މާދަމާގެ އަޑުއެހުމުގައި އޮންނާނީ އެ މައްސަލައިގައި ދައުލަތުން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުތުމަށް ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. 

ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓަށް ހެކިން ހާޒިރުކޮށްގެންނެވެ. 

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. 

އެ ގޮތުން މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ވަނީ ހުށައަޅާފައެވެ. 

އެހެން ނަމަވެސް ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދިފައެވެ. 

ނިމިދިޔަ އަޑުއެހުމުގައި އެކަމާއި ގުޅޭގޮތުން ވަނީ ކޯޓުގައި ވާހަކަދައްކާފަ އެވެ. 

އެގޮތުން ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ހެކިބަސް މި މައްސަލައިގައި ކޮންމެހެން ބަލައިގަންނަން ޖެހޭ ކަމަށެވެ. އެއީ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުތުމަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އެހެން އެއްވެސް ކާފީ ހެއްކެއް ނެތްކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

ހެކިބަހާއި ގުޅޭގޮތުން ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އަދީބަކީ ރައީސް ޔާމިނުގެ އަދާވާތްތެރިއަކަށް ވާއިރު، އަދި އަބީދުގެ މައްޗަށް މިހާރުވެސް ރައީސް ޔާމިން އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތު އޮތް އިރު އަދާވާތްތެރިންގެ ހެކިބަސް ބަލައިގަތުމަކީ ޝަރީއަތުގައި ހުއްދަކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން، އެއްވެސް ހާލަތެއްގައި ރައީސް ޔާމިނާއި ދެކޮަޅަށް އަދީބުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ގާޒީ ނިންމެވީ އެ ދެމީހުންގެ ހެކިބަސް ވެސް ބަލައިގަތުމަށެވެ. އަދި ހެކި ބަސް ނަގާއިރު، ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާނެކަމަށާއި، ހެކި ވަޒަންކުރައްވާނެކަމަށް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. 

ދަށު ކޯޓުގައި ފުއްގިރި މައްސަލަ ކުރިއަށް ދާއިރު، ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު ވެސް ވަނީ ހައިކޯޓުގައި ފެށިފައެވެ. އަދި މި ހަފްތާތެރޭ، އާރަށު މައްސަލައިގެ އަޑުއެހުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.