އަދީބާއި ރައީސް ޔާމީން ކޯޓުގައި/ ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2023 | 10:03
ފުއްގިރި މައްސަލަ: ރައީސް ޔާމިންގެ ހޫނު ސުވާލުތަކެއް އަދީބަށް!

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގައިފި އެވެ. 

އެ މައްސަލައިގައި އަދީބުގެ ހެކިބަސް ނެގުމަށް ހުށައެޅި ހިސާބުން، ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ އަދީބަކީ ރައީސް ޔާމިނުގެ އަދާވާތްތެރިއަކަށް ވުމެވެ. 

އަދީބަކީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް، އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު މިހާރު ވެސް އޮތް ފަރާތެކެވެ. 

އިއްޔެގެ އަޑުއެހުމުގައި ދިފާއަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމިނު ވަނީ އަމިއްލަފުޅަށް އަދީބާއި ސުވާލުކުރައްވާފަ އެވެ. 

އަދީބަކީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ފަރާތަކަށް ވެފައި، އެ އެއްބަސްވުމަށްފަހު އަދީބުގެ ޖަލު ހުކުމް ގޭގައި ތަންފީޒުކުރެވޭގޮތަށް އޭނާ ގެއަށް ވަނީ ބަދަލުކޮށްދީފަ އެވެ. 

އެކަމަށް އީޝާރާތްކުރައްވާ ރައީސް ޔާމިނު ވަނީ ވަކި ގޮތަކަށް ހެކިބަސް ދިނުމުން އަދީބަށް ލިބޭނެ މަންފާއެއް ނެތްކަމަށް ވިދާޅުވާއިރު، ދައުލަތުން ބޭނުން ނުވާގޮތަށް ހެކިބަސް ދީފި ނަމަ ގޭބަންދު ނިމުމަކަށް އަންނާނެ ތޯ ސުވާލު ކުރައްވާފަ އެވެ. 

އޭގެ އިތުރުން ފިނިފެންމާ ލޯންޗު ކޮޅު ގޮއްވާލި މައްސަލައިގައި ދައުވާނުކޮށް އޮތީ ދައުލަތާއި އެކު ހެދި އެއްބަސްވުމުގެ ދަށުންތޯ ރައީސް ޔާމިނު އަދީބާއި ސުވާލުކުރެއްވި އެވެ. 

އަދީބު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެ އެއްބަސްވުމުގައި ނެތް ކަމަށެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމުގައި ދައުލަތަށް އެއްބާރުލުން ދިނުމުގެ ބަދަލެއްގެ ގޮތުން އަދީބަށް ކުރެވޭ ޓެޓަރިޒަމްގެ ދައުވާތައް ނުކުރުމަށް އެއްބަސްވެފައިވާކަން ޤާނޫނީ ވަކީލުން މީގެކުރިން ވަނީ ފާހަގަކުރައްވާފަ އެވެ. 

ރައީސް ޔާމިނު އެމަނިކުފާނުގެ އާއިލާއާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއެކު ދަތުރުކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އަދީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ އަލުން ބަލަން އަންގާ ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ގާނޫނީ ވަކީލު ޝަމީމު ވަނީ ސުވާލުކުރައްވާފަ އެވެ. ޝަމީމުގެ ސުވާލަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރީ "ފްރޭމް" ކުރަމުން ކަމަށެވެ. 

އެފަހުން ވަކީލު ވަނީ އަދީބު ފްރޭމް ކުރީ ކޮން ފަރާތަކުން ތޯ ސުވާލުކޮށްފަ އެވެ. އަދީބު ވިދާޅުވީ އޭނާއަށް ގަބޫލުކުރެވޭ ގޮތުގއި އޭނާ ފްރޭމްކުރީ ސަރުކާރުގެ ވަރަށް މަތީ ބޭފުޅުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދީބުގެ އެ ޖަވާބާއި ގުޅިގެން ވަކީލު ވަނީ އަދީބު ފްރޭމު ކުރީ ރައީސް ޔާމިނު ތޯ އައްސަވާފަ އެވެ. އަދި ރައީސް ޔާމިނު އެފަދަ ކަމެއް ކުރައްވާނެކަމަށް އަދީބު ގަބޫލުފުޅު ކުރައްވަން ތޯ ވެސް ވަނީ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީން އޭނާ ފްރޭމް ކުރުމަށް އެއްވެސް ކަމެއް ކުރައްވާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

އިއްޔެގެ އަޑުއެހުމުގައި ދިފާއުން އަދީބަށް ކުރި ގިނަ ސުވާލުތަކަށް އޭނާއަށް ޖަވާބުދެވިފައެއް ނުވެއެވެ. 

އިއްޔެގެ އަޑުއެހުމުގައި ދިފާއުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާފައިވަނީ އަދީބުގެ އަދުލުވެރި ކަމެއް ނެތްކަން ހާމަކުރުމަށެެވެ. އަދި އޭނާ އަކީ ރައީސް ޔާމިނާއި އަދާވާތްތެރިކަމެއް އޮންނާނެ ފަރާތެއްކަން ހާމަކޮށްދިނުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.