ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Jun 2023 | 16:45
ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ފަސްކޮށް ފުއްގިރި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަނީ!

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަސްކޮށް އަނެއްކާވެސް ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި އެވެ. 

ފުއްގިރި މައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ވަނީ އެމްއެމްޕިއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ވައިބާ ޗެޓް ލޮގަކާއި ގުޅޭ ރިޕޯޓާއި ގުޅިގެން ހެކިބަސް ނަގާފައެވެ.

އެ މައްސަލައާއި ގުޅޭގޮތުން ނަގާފައިވަނީ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކޮށް، އޭގެން ޑޭޓާ އެކްސްޓްރެކްޓު ކުރުމުގެ މަސައްކަތް ކުރައްވާފައިވާ ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި މަސައްކަތް ކުރައްވާ އޮފިސަރެއްގެ ހެކިބަހެވެ. 

ދެން މިއަދުގެ އަޑުއެހުމުގައި ވަނީ އަދީބުގެ ފޯނާއި ފެންޑްރައިވެއް ހިމެނޭހެން ހަތަރު ޑިވައިސެއްގެ ޑޭޓާ ތަހުލީލުކުރި އޮފިސަރު އަބްދުالله ޝިފާޒުގެ ހެކިބަހެވެ. 

މިއަދުގެ އަޑުއެހުން ގާތްގަނޑަކަށް 6 ގަޑިއިރަށް ދެމިގެން ދިޔައެވެ. އިއްޔެއާއި މިއަދާއެކު އެކު ޖުމްލަ ރައީސް ޔާމިނު ވަނީ 19 ގަޑިއިރު ޝަރީއަތުގައި ހޭދަކުރައްވާފަ އެވެ. 

އިއްޔެގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު މައްސަލައަށް ހުރަސް ނޭޅޭގޮތަށް ދަށުކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

މިވަގުތުވެސް އެމަނިކުފާނު ގެންދަވަނީ އާރަށު މައްސަލައާއި ގުޅިގެން މިދިޔަ ޑިސެމްބަރުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ނެވެ. 

އެހެންކަމުން، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފެށިފައިވާއިރު، ފުއްގިރި މައްސަލައަށް ޖާގަ ދިނުމުގެ ގޮތުން ހައިކޯޓުން ވަނީ ދެ ފަހަރުމަތިން އެ ކޯޓުގައި އޮތް އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ. 

މާދަމާގެ 1:45 އަށް ހައިކޯޓުގައި އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ތާވަލުކޮށްފައިވީ ނަމަވެސް، މިއަދުގެ އަޑުއެހުން ނިންމާލަމުން މާދަމާ ހެނދުނު 9:00 އަށް ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމާއި ގުޅިގެން ހައިކޯޓުން ވަނީ އަނެއްކާވެސް އެ ކޯޓުގައި ތާވަލުކުރި އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ. 

އާރަށުގެ މައްސަލައިގެ އަޑުއެހުން އަނެއްކާ ވެސް ފަސްކޮށްފައިވަނީ، އެ މައްސަލަ ލަސްކުރަމުންދާތީ، އިދިކޮޅު ކޯލިޝަނުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ވަގުތެއްގައިކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ފާތުމަތު ވަހީދާ
މާދަމާގެ އިސްތިއުނާފުގެ އަޑު އެހުން ބޭނުން
13 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.