އަހުމަދު ކުރިކް ރިޒާ/ ފޮޓޯ: ވަން
ހަބަރު
14 Jun 2023 | 16:43
ފުއްގިރި މައްސަލަ: ކުރިކް ރިޒާގެ ފިންގަ ޕްރިންޓް ރިޕޯޓު ހެދި ފަރާތުގެ ހެކިބަސް ނަގައިފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި އެވެ. 

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ނަގަން ފެށި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުالله ޝިފާޒުގެ ހެކިބަހުގެ ބާކީބައި ނެގުމެވެ. 

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝިޒާފާއި ސުވާލުކޮށްފަ އެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއުގެ ފަރާތުން ކުރާ ސުވާލުތައް ކުރުމެވެ. ނުވަތަ ކްރޮސް އެގްޒަމިން ކުރުމެވެ. 

ޝިފާޒުގެ ހެކިބަސް ނަގަނީ މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

ހެކިވެރިޔާ ތަހުލީލުކޮށްފައިވާ ފޯނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ފޯނަކާއި، ފޯނުގައި ހިމެނޭ ޑޭޓާތައް ހުރި ޕެންޑްރައިވެކެވެ. 

ޝިފާޒުގެ ހެކިބަހަށް ފަހު މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާގެ ފިންގަޕްރިންޓް އެނާލިސިސް ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނެގުމެވެ. 

އެ ރިޕޯޓާއި ގުޅިގެން ހެކިބަސް ނަގާފައިވަނީ ދިވެހިންގެ ފުލުހުންގެ ޚިދުމަތުން ތައްޔާރުކޮށްފައިވާ އެ ރިޕޯޓާއި ގުޅިގެން ޚަބީރެއްގެ ގޮތުގައި ހާޒިރުކުރި ފަރާތެއްގެ ހެކިބަހެވެ. 

9:00 ގައި ފެށި އަޑުއެހުން މިއަދު ވަނީ 12:15 ހާއިރު ނިންމާލާފަ އެވެ. 

މިއަދުގެ ޝަރީއަތް ކުރުކޮށްލާފައިވަނީ، ރައީސް ޔާމީންގެ އުނަގަނޑުގެ އާލާސްކަންފުޅަށް ބެއްލެވުމެއް ނެތި 13 ގަޑިއިރުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނާއި، އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށް، ރައީސް ޔާމިނަށް ޤާނޫނު އަސާސީން ލިއްބައިދޭ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.