ފޮޓޯ: އުރީދޫ މޯލްޑިވްސް
ވިޔަފާރި
15 Jun 2023 | 12:09
އޮޑިއެޕް އާއި އެމް-ފައިސާ; ދަތުރުވެރިންނަށް މިހާރު ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ!

ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި، ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިގެން ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކް ކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

މިކަމާއި ގުޅިގެން އުރީދޫއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓަރ ކުރެވޭ އެޕެއް ކަމަށެވެ.

އެހެންކަމުން އޮޑިއެޕް އާއި އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެގޮތުން އެމް-ފައިސާގެ ރައްކާތެރި އަދި ހަރުދަނާ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާއެކު، އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން މިހާރު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މިއާއިއެކު އަޟްޙާ ޢީދު ބަންދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ރަށްތަކަށް ފުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާއިރު މި ޙިދުމަތާ އެކު އެބޭފުޅުންގެ ދަތުރުފަތުރުގެ އިންތިޒާމު މިހާރު ލުއިފަސޭހަކަމާއި ރައްކާތެރިކަމާއެކު ހަމަޖެއްސޭނެ ކަމަށް ވެސްް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

"އޮޑިއެޕާއާއި ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ކަސްޓަމަރުންގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ މަގްސަދަކީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ޓަކައި އީޖާދީ ޑިޖިޓަލް ފޯރުކޮށްދިނުން. އެގޮތުން މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކުވެސް، އޯޑިއެޕުން އެމް-ފައިސާ މެދުވެރިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ފަތުރުގެ ކަންކަން ހަމަޖައްސާލެވޭނެ. ކުރިއަށް އޮތް އަޟްހާ އީދު ޗުއްޓީއަށް މަރުހަބާ ކިޔަމަށް ތައްޔާރުވަމުން ދާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ހަމަޖެއްސުމުގައި ލުއިތަކެއް ލިބިގެންދާނެކަން ޔަގީން،"

 އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ

އުރީދޫގެ އިތުރުން އޮޑިއެޕް އިން ވެސް ވަނީ މި ކަމަކީ ދަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

"އޮޑިއެޕްގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑްބޯޓް ޓްރާންސްފަރ ބުކިން ތަޖުރިބާއެއް ހޯދައިދިނުން. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އޮޑިއެޕް އިން ކޮންފަރމް ކުރާ ބުކިންތަކަށް ފައިސާ ދެއްކޭނެ އިނތިޒާމް ހަމަ ޖެހިގެން ދިއުމަކީ މި އަމާޒާއި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޑިޖިޓަލައިޒޭޝަންގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދު ކުރަން." 

އޮޑިއެޕް، ކޯ ފައުންޑާ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސިޔާހް ޚަލީލް

އުރީދޫގެ އެމް-ފައިސާ އަކީ އެމް-ފައިސާގެ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ.

މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހައް އޯޑަރެ ކޮށް ފައިސާ ދެއްކުމަށްވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާއެކު ރެޖިސްޓަރ ކޮށްލެވޭނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.