ހެޔޮ ފިހާރައިގެ ޕޯސްޓަރެއް/ ފޮޓޯ: ހެޔޮ ފިހާރަ
ވިޔަފާރި
24 Jun 2023 | 16:14
ހެޔޮ ފިހާރަ އީދު ޕްރޮމޯޝަން: ކުކުޅު އަދި ބީފް ހެޔޮ އަގެއްގައި

މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ފިނިކުރި މުދާ ވިއްކަމުންދާ ހެޔޮ ފިހާރައިން އީދު ޕްރޮމޯޝަންގެ ގޮތުގައި ކުކުޅު އަދި ބީފް ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއެވެ.

ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވިދާޅުވީ، މިހާރުން ފެށިގެން އީދު ދުވަހާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ.

"މި ޕްރޮމޯޝަންގެ ދަށުން ބީފް، މަޓަން، ބަކަރިމަސް ގެރިމަސް ހެޔޮ އަގުގަ ލިބޭނެ" އާމާލް ވިދާޅުވިއެވެ.

ހުޅުމާލޭ ހުންނަ ހެޔޮ ފިހާރަ 2

މި ޖަނަވަރީ މަހުގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރެވިފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހެޔޮ ފިހާރައިގެ މުދަލުގެ އަގުތަށް ބޮޑުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މުދަލުގެ އަގުތައް ވަނީ އޭރުވެސް ކުޑަކޮށްފައެވެ.

އާމާލް ވިދާޅުވީ، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ދާކަމަށެވެ. 

ވަކިން ޚާއްސަކޮށް، ބޯންލެސް ޗިކަން އެތައް ގުނައެއް އަގުހެޔޮ ވެފައިވާއިރު، މިއީ މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ބޯންލެސް ލިބެން ހުންނާނެ އަގު ކަން އާމާލް ފާހަގަކުރެއްވިއެވެ. 

އާމާލް އިތުރަށް ވިދާޅުވީ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކުގެ އިތުރުން ފިނި ކުރި އެހެން ބާވަތްތައް އަގުހެޔޮކޮން އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އަބުދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލްކޮށް ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުންމަކީ އެ ފިހާރަގެ އަމާޒެއް ކަމަށެވެ.

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރަ އަދި ހެޔޮފިހާރަ 2 ކުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ޗިކަން ފިންގާސް، ޗިކަން ބާގަރ، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ. 

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދޭނެއެވެ.

ހެޔޮފިހާރައިން ބޭނުންފުޅުވާއެއްޗެއް ބައްލަވައިގަތުމަށް ފިހާރައަށްވެސް ވަޑައިގެންނެވޭނެއެވެ. އަދި ހެޔޮ ފިހާރައިގެ ނަންބަރ 9639444 ނުވަތަ ހެޔޮ ފިހާރަ 2 ނަންބަރ 9305811 އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެއްވޭނެއެވެ. 

މާލޭގައި ހެޔޮ ފިހާރަ ހުންނާނީ ބާ ޖަމާލުއްދީން ކައިރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.