ރައީސް ޔާމީން ހައިކޯޓުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
16 Jun 2023 | 14:53
22 ގަޑިއިރު ހެކިބަސް ނެގީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދީ: ރައީސް ޔާމީން

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރިއަތުގައި 22 ގަޑިއިރުގެ ހެކިބަސް ނަގާފައިވާއިރު، ރައީސް ޔާމިނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް އެންމެ ފުރުސަތެއް ދެއްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ކުށުން ބަރީއަވުމަށް ނުވަތަ ދިފާއުވުމަށް ރައީސް ޔާމީނަށް ގާނުނު އަސާސީން ލިއްބައިދޭ ހައްގުތަކަށް ބެއްލެވުމެއް ނެތި ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އޮތް ކަންބޮޑުވުންތައް ހައިކޯޓުގެ ފަނޑިޔާރުންނާއި ހިއްސާ ކުރައްވަމުންނެވެ.

ހައިކޯޓުގައި ބުރާސްފަތި ދުވަހު އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބާއްވާފައިވާއިރު، ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އެ ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި އެމަނިކުފާނުގެ އިސްތިއުނާފީ ހައްގަށް ހުރަސްއެޅޭ ގޮތަށް ދަށު ކޯޓުގައި އޮތް މައްސަލަ ކުރިއަށް ގެންދާއިރު، އެކަމަށް ހައިކޯޓުން ބައްލަވާ، ހައިކޯޓުގައި އޮތް މައްސަލައަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް އެމަނިކުފާނުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"ޕްރޮސެކިއުޝަނުން އަޅުގަނޑުމެންގެ ހާޒިރުގައި ވިދާޅުވީ ޕްރޮސެކިއުޝަނަކުން މި މައްސަލައިގަ (ފުއްގިރި މައްސަލައިގަ) ވަކި ގޮތެއް ނެތޭ އަޅުގަނޑުމެންނަށް އެކަށީގެންވާ ވަސީލަތާއި ފުރުސަތާއި ލިބެންވާނެކަމަށް އަޅުގަނޑުމެން ޕްރޮސެކިއުޝަނަށް ދެންނެވިން. މިދިޔަ ހަފްތާގައި 22 ގަޑިއިރުގެ ހެކިބަސް ނަގާ ނިމުނުއިރު އަޅުގަނޑަކާއި އަޅުގަނޑުގެ ވަކީލުންނާއި ބައްދަލުކުރުމުގެ ބައިގަޑިއިރުގެ ފުރުސަތެއް ވެސް ނުލިބޭ" 

ރައީސް ޔާމީން 

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އާރަށުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ނުހައްގު ހުކުމް ތަންފީޒުކުރައްވަމުން ނެވެ.

މި ވެރިކަމުގައި އެމަނިކުފާނު 900 އަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވާފައިވާއިރު، އާރަށު މައްސަލަ ހައިކޯޓުން ނިމި އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ދެއްވައެވެ.

މިހާތަނަށް އެ މައްސަލައާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވަނީ ޔޫސުފް ނައީމުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތަށް ހުށައެޅުމެވެ.

ދެން އޮންނާނީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައަޅާ ވާހަކަދެއްކުމެވެ.

އާރަށު މައްސަލައިގައި ދަށު ކޯޓުގައި ހަދާފައިވާ ބޮޑެތި ގޯސްތައް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައި ވާނެ ކަމަށާއި، އަދި އަޑުއެހުންތައް ކުރިއަށް ދާއިރު، އެކަން ރައްޔިތުންނަށް ތިލަވެގެންދާނެކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަޙުމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.