ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
18 Jun 2023 | 10:52
ޖޭޕީ އިން ސަރުކާރާއި އެކު މަސައްކަތް ކުރަން ބޭނުން ނޫންނަމަ ސަރުކާރުން ވަކިވާންވީނު: ޝަރީފް

ޖުމްހޫރީ ޕާޓީ އިން ސަރުކާރާއި އެކު މަސައްކަތް ކުރަން ބޭނުން ނޫންނަމަ ސަރުކާރުން ވަކިވުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅިވެފައިވަނީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

"ސަރުކާރާއި އެކު މަސައްކަތް ކުރަން ބޭނުން ނުވަންޏާ ދެން އަވަހަށް ސަރުކާރުން ވަކިވާންވީނު، ދެއިރު ދެދަޅަޔަށް އެހެން ނުކިޔާ" ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޝަރީފް ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމާއި މުޙައްމަދު ނަޝީދާއި ނުލައި މިފަހަރު އެމްޑިޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙް އިންތިޚާބު ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވަނީ މަސަލަސް ކަން ކަމަށާއި ތަފާތުނުކޮށް އެންމެންނަށް ތަރައްޤީގެ ފޮނި މީރު ކަމާއި ބޯހިޔާވަހިކަން ލިބުންކަމަށެވެ.

މިއާއި ގުޅިގެން ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަހަރު ޖުމްހޫރީ ޕާޓީ ގެ ބަދަލުގައި ހަމަ އެވަރުގެ އަނެއް ޕާޓީ އެމްޑީއޭ އެ އޮތީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދައިފައިކަމަށެވެ.

"ވީމާ މިފަހަރު ގެ ކޯލިޝަންވެސް ވަކި ކުޑައެއް ނޫން، ހާސް ކަމެއް ނެތް" ޝަރީފް ވިދާޅުވެފައިވެއެވެ.

ޖޭޕީއިން ސަރުކާރާއި އެކު ކޯލިޝަން ހަދައިފައިވަނީ މިހާރު ހިނގަމުންދާ ސަރުކާރު ގެނައުމަށެވެ. އެއާއި އެކު އަދިވެސް ސަރުކާރުގައި ޖޭޕީ ދެމިއެބައޮތެވެ. ކެބިނެޓްގައި ތިބި ޖޭޕީގެ މިނިސްޓަރުން މަޤާމުތަކުގައި އަދިވެސް ދެމި އެބަތިއްބެއެވެ.

ނަމަވެސް މިއަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ނުހަދާނެ ކަމަށް މިހާރު ޖޭޕީ އިން ވަނީ ރަސްމީކޮށް އެމްޑީޕީއަށް އަންގައިފައެވެ.

އަދި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ޓިކެޓް އަރުވައި މިހާރު ވަނީ ކެމްޕޭނު ވެސް ފަށައިފައެވެ.

ކޮމެންޓް
އައްސާމް
ކޯލިޝަން ހެދީ 10 އަހަރަށްތަ؟ ނޫނީ 5 އަހަރަށްތަ؟ މި 5 އަހަރު ނިމެންދެން ކޯލިޝަނުގަ ތިބެވޭނެ. ޖާބިރު ބުނާހެން ކަލޭ ތީނީ ރޮދި ކެނޑިފަ
18 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.