އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
ހަބަރު
18 Jun 2023 | 11:20
ބޮޑެތި އާބާދީތަކުން ބަލިވީމާ ބުނީ ކުދި ރަށްރަށުގައި ތާއީދު ބޮޑޭ؛ އެކަމަކު ކުދި ރަށްރަށުންވެސް ވީ ބަލި: ވަހީދު

ބޮޑެތި އާބާދީތަކުގައި ބާއްވާ ބައި އިލެކްޝަން ތަކުން ނާކާމިޔާބު ވުމުން އެމްޑީޕީީން ބުނަމުން އައީ ކުދި ރަށްރަށުގައި އެ ޕާޓީއަށް ވަރަށް ތާއީދު ބޮޑުވާނެ ކަމަށާ، އެހެންނަމަވެސް ކުދި އާބާދީ ތަކުން ވެސް އެ ޕަޓީއަށް ތާއީދެއް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

އިއްޔެ ބޭއްވި ބައި-އިލެކްޝަން ތަކުގައި، ޕީޕީއެމަށް 5 ގޮނޑި ލިބިފައިވާއިރު އެންޑީޕީއަށް ލިބިފައިވަނީ އެންމެ ދެ ގޮނޑިއެވެ. 

އެކަމާއި ގުޅިގެން ވައްޑެ ކުރެއްވި ޓުވީޓެއްގައި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޮޑުތަނުން ބަލިވާނެ ކަމަށް ވިދާޅުވެފައެވެ. 

އިއްޔެގެ ބައި އިލެކްޝަންގެ ވޯޓު ލާފައި ވަނީ ލ. މާމެންދޫ، އއ. ފެރިދޫ، ހދ. ފިނޭ، މ. ވޭވަށް، ރ. އަނގޮޅިތީމު، ކ. ދިއްފުށި، ތ. ގާދިއްފުށި، ގދ. ހޯޑެއްދޫ އަންހެނުންގެ ތަރައްގީއަސް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށެވެ.

އޭގެ ތެރެއިން މާމެންދޫ، ފިނޭ، ވޭވަށް، ދިއްފުށި އަދި ހޯޑެއްދޫގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

ބައި އިލެކްޝަންތަކުގެ ނަތީޖާ:–

އއ. ފެރިދޫ

1. ސާނާ އަހުމަދު / އެމްޑީޕީ – 244

2. ވަސީމާ މުޙައްމަދު / ޕީޕީއެމް – 205

 ހދ. ފިނޭ

1. މުއުމިނާ އިބްރާހިމް / އެމްޑީޕީ – 133

2.. ޒުހުދާ މުހައްމަދު / ޕީޕީއެމް – 147

ރ. އަނގޮޅިތީމު

1. ޚަދީޖާ ހުސެއިން މަނިކު / ޕީޕީއެމް – 82

2. ޢާސިމާ ރަޝީދު / އަމިއްލަގޮތުން – 95

ކ. ދިއްފުށި

1. ޢައިޝަތު ސާހިރާ / ޕީޕީއެމް – 181

2. ފާތިމަތު ޢަރުޝީ / އަމިއްލަގޮތުން – 174

މ. ވޭވަށް

1. ދުންޔާ ޚާލިދު / އެމްޑީޕީ – 101

2. ޝިފާޒާ އިބްރާހިމް / ޕީޕީއެމް – 113

ތ. ގާދިއްފުށި

1. މަރިޔަމް ޙަސަން / އެމްޑީޕީ – 234

2. ނިހާމާ ޢަބްދުﷲ / ޕީޕީއެމް – 158

 ލ. މާމެންދޫ

1. ސަޢުދިއްޔާ ޙުސެއިން / ޕީޕީއެމް – 224

2. ނާޒިމާ ޢަބްދުއްސަމަދު / އެމްޑީޕީ – 202

ގދ. ހޯނޑެއްދޫ

1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް – 204

2. ލިޒުނާ ނަސީރު / އެމްޑީޕީ – 86

3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން – 76

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.