ފޮޓޯ: އުރީދޫ
ވިޔަފާރި
19 Jun 2023 | 11:34
ބަކަރިއެމްވީ މޫލީ އާއި ގުޅިގެން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ހަދިޔާ ކުރެވޭނެ ގޮތް ހަމަޖައްސައިފި

ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާއި މިއަދު ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރ ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.

މިކަމާއި ގުޅިގެން އުރީދޫއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މި ޕާޓްނަރޝިޕާއެކު އެ ކުންފުނީގެ މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއްވެސް ލިބުން. އެގޮތުން ބަކަރި.އެމްވީ އާއި ގުޅިގެން މިހާރު ޢީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް މޫލީ މެދުވެރިކޮށް އެތައްތަނެއް ފަސޭހަވެގެންދާނެ. މޫލީ މެދުވެރިކޮށް އޯޑަރ ޖައްސަވާލެއްވުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރ ކުރުމުގެ ޙިދުމަތްވެސް ލިބިގެންދާނެ. ހާއްސަކޮށް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ." 

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް އޯޑަރ ކުރާނެ ގޮތް:

1. https://mool.ee/bakarimv ޒިޔާރަތްކުރުއްވާ

2. ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިޚްތިޔާރު ކުރައްވާ

3. ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރައްވާ

4. އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދައްކަވާ

ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މިއާއިއެކު މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ.

އަދި ކަސްޓަމަރުން ގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލަފުޅަށް ޑެލިވަރ ކުރައްވަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސާދެވޭނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

"ބަކަރިއެމްވީ ގެ އަމާޒަކީ، ޢަޤީޤާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ޙިދުމަތް ފޯރުކޮށްދިނުން. މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހި ކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." 

ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު

އޯޑަރ ކުރުމަށް https://mool.ee/bakarimv ޒިޔާރަތް ކުރައްވާށެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ފައިދާ ލިބިގަތުމަށް މޫލީ އިން ވަނީ ދައުވަތު އަރުވާފައެވެ.

މީގެ އިތުރުން ބަކަރިއެމް ވީ ގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދާލުމަށް www.bakarimv.com އަށް ޒިޔާރާތްކޮށްލައްވާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.