މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ހަބަރު
25 Jun 2023 | 13:02
"ޖާބިރާ އެކީގައި އެމްޑީޕީ ބޮޑުވެގެންދާނެ؛ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަންވެސް ފަސޭހަ ވާނެ"

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމާއި އެކު އެ ޕާޓީ އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާ، އަދި އޭގެ ސަބަބުން، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން އެމްޑީޕީއަށް ފަސޭހަވާނެ ކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ. 

މީގެ ކުރިންވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ޑީއާރުޕީ އާއި ގުޅިވަޑައިގެން، އެޕާޓީ އުވާލުމުން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ޖާބިރު، އަލުން އެމްޑީޕީއާއި ގުޅި ވަޑައިގެންނެވީ މިއަދުއެވެ. 

ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، ޖާބިރު އަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިންވެސް މަގުބޫލު މެންބަރެއް ކަމަށެވެ. އަދި އޭނާ އެމްޑީޕީއާއި ގުޅިމާއެކު ޕާޓީ ބޮޑުވެގެން ދިޔަ ދިޔުމުގެ ސަބަބުން، ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބިގޭ ވިދާޅުވި އެވެ. 

ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތުމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް. ޖާބިރަކީ މަޖިލިސް ބައްލަވާ ގިނަ ބޭފުޅުންގެ ތެރޭގައި ވަރަށް މަގުބޫލު ބޭފުޅެއް. އެހެންވީމާ ޖާބިރާއި އެކުގައި އަޅުގަނޑުމެންގެ ޓީމު އިތުރަށް ބޮޑުވެގެން ދާ ދިޔުމަކީ، އަޅުގަނޑުމެން މި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑު ފުރަތަމަވެސް ޖާބިރަށް އަދި ޖާބިރުގެ ޓީމަށް އެމްޑީޕީީގެ ފަރާތުން، މި އިންތިހާބުގައި އިސްކޮަށް މަސައްކަތް ކުރާ އެކެއްގެ ފަރާތުން ވަރަށް ބޮޑަށް މަރުހަބާ ކިޔަން. 

މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) 

މީގެ އިތުރުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއާއި ވަކިވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބިގޭ ވަނީ އެއީ އަހަން ފަސޭހަވި އަޑަކަށް ނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ވަކިވެވަޑައިގެންނެވުމުގެ ސަބަބުުން އިންތިހާބު ކާމިޔާބު ކުރުމަށް އުނދަގޫ ތަކެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ އަމާޒަކީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.