ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަމީން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
25 Jun 2023 | 16:24
ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ އިސްކަމެއް ދޭނެ އެއް ކަަމަކީ މަހަށް ހަމަ އަގު ހޯދައިދިނުން: އަމީން

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ކަމަށް، އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރ ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކުރިއަށް ގެންދެވުނު ބިޔަ މަޝްރޫއުތަކަށް އަލި އަޅުއްްވާލައްްވާފައެވެ. 

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ ތިން ކަމެއްވެސް އަމީން ފާހަގަކުރެއްވި އެވެ. 

ޒުވާނުން ބިނާކޮށް، ވަޒީފާތަކަށް ނެރުއްވުމާއި، އަންހެނުން އެމްޕަވަރކޮށް، އެކަނބަލުންނަށް ގެއްލިފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ދައުރު ފުޅާ ކުރުމާއި، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ބާނާ މަސް ފްރެޝްކޮށް، ދުނިޔޭގެ ބާޒާރަށް ނެރެ، އެއަށް ހަމަ އަގު މަސްވެރިންނަށް ލިބޭ ގޮތަށް ހަމަޖެއްސުން މިއީ މި އަހަރުގެ ކެންޕެއިންގެ އަޅުގަނޑުމެން ގެންގުޅޭނެ އެންމެ ފުރަތަަމަ އިސްކަމެއް ދޭނެ ތިން ކަންތައް

މުހައްމަދު އަމީން

މިއާއެކު އަމީން ވަނީ ދިވެހިރާއްޖޭގެ އަދުގެ ހާލަތަށް އަލި އަޅުއްވާ ލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ވިދާޅުވީ، ބޭރު ގައުމުގެ ނުފޫޒު އިންތިހާއަށް ރާއްޖެއަށް އޮތް އިރު، ދިވެހިންގެ އަގީދާ ބަލިކަށި ކުރުމަށް ބޭރުގެ ދާއީންނަށް ބޮޑު އަގު ދީގެން ރާއްޖެއާ ރާއްޖެއިން ބޭރުގައިވެސް މަސައްކަތް ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ވެސް ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލައި، ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ނިވަލުގައި ގައުމުގެ ތަންތަން ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. 

ހަމައެހެންމެ، މިއިން ދުވަހަކުވެސް ގައުމު ދަރަނިވެރިވެފައިވާއިރު, ފައިސާ ޗާޕުކުރާ މިންވަރުވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. މީގެ އިތުރުން ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށްވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް އަމީން ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯދައިދޭނެ އިންތިޚާބަކަށް ވާނެ ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ. 

"ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި 2023 ވާނީ ގައުމު އަނބުރާ ހޯދުމަށް ބޭއްވޭ އިންތިޚާބަކަށް. ދިވެހި ގައުމުގެ ފުރިހަމަ ސިޔާދަތު ދިވެހިންނަށް ހޯދުމަށް ބޭއްވޭ އިންތިޚާބަކަށް. ބޭރުގެ ސިފައިން މި ގައުމުގައި ދާއިމީ ގޮތެއްގައި ތިބޭ ތިބުމަށް ސިއްކަ ޖެހިގެން ދާނެ އިންތިހާބަކަށް. ގެއްލުވާލި ކަނޑު އަލުން ހޯދުމަށް ބޭއްވޭ އިންތިޚާބަކަށް."

"އެހެންކަމުން ދިވެހި އެންމެހާ ރައްޔިތުންނަށް ދޭ މެސެޖަކީ، ޚިޔާލު ތަފާތުވެ، ސިޔާސީ ގޮތުން ފިކުރު އެއްގޮތް ނުވިޔަސް، ގައުމުގެ ދިފާއުގައި ތެދުވެ، ހުއްބުލް ވަތަނުގެ ރޫހުގައި، މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މާތް ވެގެންވާ އިސްލާމްދީން ނެގެހެއްޓުމަށްޓަކާ ޕީޕީއެމަށް ވޯޓު ދެއްވުމަށް." އަމީން ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ، ރައީސް ޔާމީން ފިޔަވައި މި ގައުމުގެ ދިފާއުގައި މަސައްކަތް ކުރާނެ ހިތްވަރު ހުރި ކެންޑިޑޭޓެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެން އެ އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.