ހުރާ ކައުންސިލްގެ ޑޭ ކެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ހުރާ ކައުންސިލް
ހަބަރު
26 Jun 2023 | 12:54
މުވައްޒަފުންގެ ދަރިން ބައިތިއްބަން ހުރާ ކައުންސިލްގައި ޑޭ ކެއާއެއް ހުޅުވައިފި!

މުވައްޒަފުންނަށް ލުއިފަސޭހަ މާހައުލެއްގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން, މަސައްކަތް ކުރާގަޑީގައި މުވައްޒަފުންގެ ކުދިން އިދާރާގައި ބައިތިއްބާނެ ޑޭކެއަރ އެއް ހުރާ ކައުންސިލުގައި ގާއިމްކޮށް އެ ތަން ހުޅުވައިފި އެވެ. 

"ދޮންދޫނި ބަގީޗާ" ގެ ނަމުގައި ހުޅުވުނު މި ޑޭކެއަރ ހުޅުވައިދެއްވީ ހުރާ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ އާމިނަތު އަރީޝާއެވެ.

ހުރާ ކައުންސިލްގެ ޑޭ ކެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ހުރާ ކައުންސިލް

ކައުންސިލްގައި މިފަދަ ޑޭ ކެއާ އެއް ހުޅުވަން ނިންމި ނިންމުމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ މެންބަރު، ޔުސްރިއްޔާ ރަޝީދު ވިދާޅުވީ، އެ ކައުންސިލްގައި ވަޒީފާ އަދާ ކުރާ ގިނަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ކަމަށެވެ. އަދި ކައުންސިލްގެ ގިނަ މުވައްޒަފުންގެ ދަރިން ވެސް ތިބޭ އިރު، ދަރިން ގޭގައި ބައިތިއްބާފައި ވަޒީފާއަށް އައިސް ވަޒީފާ އަދާކުރުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެ ސަބަބާއި ހުރެ، ޚާއްސަކޮށް ވަރަށް ރަނގަޅު އަންހެން މުވައްޒަފުން ވެސް ވަޒީފާއިން ވަކިވާންޖެހޭ ހާލަތްތައް އައިސްފައިވާ ކަމަށެވެ. 

"އަދި މީގެ އިތުރުންވެސް، ރަސްމީ ގަޑި ނޫން ގަޑި ތަކުގައި ބާއްވާ ބައްދަލުވުން ތަކާއި، ރައްޔިތުންނާއި އެކު ބޭއްވޭ ބައްދަލުވުންތަކުގައިވެސް މުވައްޒަފުން ދަރިން ގޮވައިގެން އަންނަންޖެހޭ ފަހަރުތައް އާދޭ. އެފަދަ ފަހަރު ތަކުގައިވެސް ކުއްޖާ ކައިރީގައި ނުބައިންދާ ދުރުގައި ބައިންދަންޖެހެނީ. ދެން އެގޮތަށްވެސް އުނދަގޫތައް ހުރޭއެބަ. ޑޭ ކެއަރ ހުޅުވުމުން ޑޭ ކެއާރ ގައި، ކުއްޖާ އަށް އެބަ އިދެވޭ. ކުދިންނާ ގުޅޭ މާހައުލެއްގައި." ޔުސްރިއްޔާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޔުސްރިއްޔާ ވިދާޅުވީ، އެ މަސައްކަތަކީ ހުރިހާ މުވައްޒަފުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައި ކުރެވިގެން ދިޔަ މަސައްކަތެއް ކަމަށެވެ. އަދި ކޮންމެ އުމުރެއްގެ ކުއްޖެއް ނަމަވެސް، އަދި އަންހެން ނުވަތަ ފިރިހެން މުވައްޒަފެއްގެ ދަރިއެއް ނަމަވެސް އެ ޑޭ ކެއާރަ ގައި ބެހެއްޓޭނެ ކަމަށް އެނާ ވިދާޅުވި އެވެ. އަދި އެ ކުދިން އެތަނުގައި ތިބޭ ވަގުތު ތަކުގައި، ތިބޭނީ ސަޕޯޓް ސްޓާފުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ވިދާޅުވި އެވެ. އަދި މިބޑޭ ކެއާރ ގައި، ކުދިން ގަޔާވާފަދަ ކުޅޭ ތަކެއްޗާއި، ލިޔެ، ފެން ކުލަ ޖައްސާ ހެދުން ފަދަ ކަންކަންވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

މި ޑޭކެއަރ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވި އަލްފާޟިލާ ނަދީމާ އަޙްމަދު އަދި ޑެކަރޭޝަންގައި އެހީތެރި ވެދެއްވި ޢާއިޝަތު ސުމާއަށް ހުރާ ކައުންސިލްގެ ނަމުގައި ވަރަށް ޙާއްސަ ޝުކުރެއް އެ ކައުންސިލުން ވަނީ އަދާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.